ކުޅިވަރު

ބޯންމަތާ ވާދަކޮށް ވެސްޓް ހޭމަށް މުހިންމު މޮޅެއް


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބޯންމަތް އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ވެސްޓްހަމް އިން މުހިންމު މޮޅެއް ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗު ވެސްޓްހޭމްއިން ކާމިޔާބުކުރީ ބޯންމައުތާ ވާދަކޮށް 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމާ ހާފު ނިމުމުގެ ކުރިން ކާޓް ޒޫމާގެ ލަނޑުން ވޭސްޓްހޭމުން ލީޑް ނެގިއިރު އެޓީމަށް ލީޑު އިތުރަށް ފުޅާކޮށްދިނީ ސައިދު ބެންރަހުމާގެ ލަނޑުންނެވެ.

މީގެއިތުރުން ވެސް އިތުރު ލަނޑުތައް ޖަހާނެ ފުރުސަތުތައް ވެސްޓްހޭމުން ވަނީ ނަގާލާފައެވެ. ލީގުގެ ފެށުން ވޭސްޓްހޭމުން އެހާ ރަނގަޅު ނޫން ނަމަވެސް އެޓީމުން ވަނީ އެންމެފަހުން ކުޅުނު މެޗުތަކުން ނަތީޖާ ރަނގަޅުކޮއްފައެވެ.

ސީޒަންގެ ވަރަށް ކުރީކޮޅު ބޯންމައުތުގެ ކޯޗް ޕާކާ ވަކިކުރުމާއެކު ވަގުތީ ކޯޗުކަމާ ހަވާލުވެ ހުރި ކޯޗު އޯނިލްއަށް ވަނީ ނަތީޖާ ރަނގަޅުކުރުމަށް ގޮންޖެހުން ތަކެއް ކުރިމަތިވެފައެވެ. މި ނަތީޖާއާއެކު ވެސްހޭމް ވަނީ ކުޅުނު 12 މެޗުން ހޯދި 14 ޕޮއިންޓާއެކު ލީގުގެ ތާވަލުގެ 10 ވަނައަށް ޖެހިލާފައެވެ. ބޯންމައުތު ތާވަލުގެ 14 ވަނައިގައި އޮތީ އެއް ޕޮއިންޓު މަދުން ހޯދައިގެންނެވެ.