ކުޅިވަރު

ބަޔާން ދެވަނަ ބުރަށް، ބާސާ ޔޫރޮޕާ ލީގަށް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ބަޔާން މިއުނިކް ޖާގަ ހޯދިއިރު، ބާސެލޯނާއަށް ޔުއެފާ ޔޫރޮޕާ ލީގުގައި ވާދަކުރަން ޖެހިއްޖެއެވެ.

މި މުބާރާތުގެ ގްރޫޕް ސީގައި ބާސާއާ ދެކޮޅަށް ކުޅުނު މެޗުން ބަޔާނުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުންނެވެ.

ބާރސާގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗްގައި ގިނަހަމަލާ އުފައްދާފައިވަނީ ބަޔޭންއިންނެވެ. މިމެޗްގައި ބަޔޭންގެ ފުރަތަމަ ލަނޑު މެޗްގެ 10 ވަނަ މިނެޓްގައި ޖަހާ އެޓީމަށް ލީޑު ނަގާދިނީ ސާޑިއޯ މާނޭއެވެ. އަދި މެޗްގެ 31 ވަނަ މިނެޓްގައި އެރިކް މެކްސިމް ޗޯޕޯ މޯޓިންގ ޖަހާދިން ލަނޑާއެކު ބަޔޭންއިން މިމެޗްގައި ދެ ގޯލްގެ ލީޑެއް ނެގިއެވެ. މިމެޗްގައި ބަޔޭންގެ ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓްގައި ޖަހާދިނީ ބެންޖަމިން ޕަވާޑްއެވެ. މިމެޗްގައި ބާރސާއަށް ރެފްރީ ޕެނަލްޓީއެއް ދިން ނަމަވެސް ވިއޭއާރުން ބެލުމަށްފަހު އެޕެނަލްޓީ ނުދިނުމަށް ރެފްރީ ނިންމިއެވެ.

މިކާމިޔާބީއާއެކު ބަޔޭންއިން މިވަނީ މިގްރޫޕްގައި ކުޅުނު ފަސް މެޗް ވެސް ކާމިޔާބުކޮށް 15 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރުން ޖާގަހޯދާފައެވެ. އަދި ދެވަނަ ޓީމެއްގެ ގޮތުގައި އިންޓަރ ދެވަނަ ބުރުން ޖާގަހޯދިއިރު ބާސެލޯނާ ލިބިފައިވާ ހަތަރު ޕޮއިންޓާއެކު ސީޒަންގެ ފަހު ބައިގާ ވާދަކުރަން ޖެހޭނީ ޔޫރޮޕާ ލީގުގައެެވެ.