ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި އަޔަކްސް ބަލިކޮށް މުބާރާތުގެ ދެވަނަ ބުރުން ލިވަޕޫލް ޖާގަ ހޯދައިފިއެވެ.
އަޔެކްސްގެ ދަނޑުގައި ކުޅުނު މިމެޗް ލިވަޕޫލް ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. މިމެޗްގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފް މިނެޓް ތިން މިނެޓަށް ވެފައިވަނިކޮށް ޖަހާ އެޓީމަށް ލީޑު ނަގާދިނީ މުހަންމަދު ސަލާހްއެވެ. މިމެޗްގައި ލިވަޕޫލްގެ ދެވަނަ ލަނޑު މެޗްގެ 49 ވަނަ މިނެޓްގައި ޖަހާދިނީ ޑާވިން ނޫނޭޒްއެވެ. އަދި އޭގެ ދެމިނެޓްފަހުން ލިވަޕޫލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހާވީ އެލިއޮޓްއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔަ ނަމަވެސް އެއިސް އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއްނުވިއެވެ.
މިކާމިޔާބީއާއެކު ލިވަޕޫލް މިވަނީ މިމުބާރާތުގެ ދެވަނަ ބުރުން ޖެހިޖެހިގެން ހަވަނަ މުބާރާތުގައި ޖާގަހޯދާފައެވެ. ލިވަޕޫލަށް މިހާރުވަނީ ފަސް މެޗުން 12 ޕޮއިންޓް ލިބިފައެވެ. އަދި އަޔެކްސް އުޅެނީ ތިން ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ.