ކުޅިވަރު

ރޭންޖާސް އަތުން ނާޕޮލީއަށް މޮޅެއް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ރޭންޖާސްއާ ދެކޮޅަށް ކުޅުނު މެޗު ނާޕޮލީން ކާމިޔާބުކޮށްފިއެވެ.

ނަޕޯލީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނަޕޯލީއިންނެވެ. މިމެޗްގައި ނަޕޯލީއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 11 ވަނަ މިނެޓްގައި ޖަހާ އެޓީމަށް ލީޑު ނަގާދިނީ ޖިއޮވާނީ ސިމެއޯނީއެވެ. އަދި އޭގެ ފަސް މިނެޓްފަހުން ސިމެއޯނީ ވަނީ ނަޕޯލީގެ ލީޑު ފުޅާކޮށްދީފައެވެ. މިމެޗްގައި ނަޕޯލީގެ ފަހު ލަނޑު މެޗްގެ 80 ވަނަ މިނެޓްގައި ޖަހާދިނީ ލިއޯ އޮސްޓިގާޑްއެެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ.

މިކާމިޔާބީއާއެކު ނަޕޯލީ ލިވަގުތު އުޅެނީ ކުޅުނު ފަސް މެޗް ވެސް ކާމިޔާބުކޮށް ލިބިފައިވާ 15 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. އަދި ރޭންޖަރސް އަދިވެސް އޮތީ ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ. އެހެން ނަމަވެސް މިއަންނަ ހަފްތާގައި އަޔެކްސް އާއި ބައްދަލުކުރާ މެޗް ހަތަރު ލަނޑުގެ ތަފާތަކުން ކާމިޔާބުކޮށްފި ނަމަ ޔޫރޮޕާ ލީގުން ޖާގަހޯދުމުގެ ހަނި ފުރުސަތެއް އެބައޮތެވެ.