އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ބްރޫކްލިން ނެޓްސްއާ ދެކޮޅަށް ކުޅުނު މެޗު މިލްވައުކީ ބަކްސްއިން ކާމިޔާބުކޮށްފިއެވެ.
މިމެޗް ބަކްްސް ކާމިޔާބުކޮށްފައިވަނީ 110 ޕޮއިންޓް 99 ޕޮއިންޓުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ބަކްސްގެ ޖިއާނިސް އެންޓެޓޮކޮއުމްޕޯވަނީ 43 ޕޮއިންޓް ހޯދާދީ 14 ރީބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ. އަދި ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 33 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގާދީ 3 އެސިސްޓް ދިން ކެވިން ޑުރާންޓްއެވެ.
މިމުބާރާތުގައި ޝިކާގޯ ބުލްސް އާއި އިންޑިއާނާ ޕޭސަރސް ބައްދަލުކުރިމެޗް 124 ޕޮއިންޓް 109 ޕޮއިންޓުން ކާމިޔާބުކުރީ ބުލްސްއެވެ. މިމެޗްގައި ބުލްސްގެ ޒެކް ލަވީން ވަނީ 28 ޕޮއިންޓް އެޓީމަށް ހޯދާދީ 6 އެސިސްޓް ކޮށް 5 ރީބައުންދް ނަގާދީފައެވެ. ޕޭސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 17 ޕޮއިންޓް ހޯދާދީ 4 ރީބައުންޑް ނަގާދީ 11 އެސިސްޓް ދިން ޓައިރީސް ހެލިބަރޓަންއެވެ. މީގެއިތުރުން ޔޫޓާ ޖޭޒް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް 109 ޕޮއިންޓް 101 ޕޮއިންޓުން ކާމިޔާބުކުރީ ޖޭޒްއެވެ. މިމެޗްގައި ޖޭޒްގެ ލައުރީ މާކަނެން ވަނީ 24 ޕޮއިންޓް ހޯދާދީ 9 ރިބައުންދް ނަގާދީ 3 އެސިސްޓް ކޮށްފައެވެ. އަދި ރޮކެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 24 ޕޮއިންޓް ހޮދާދީ 5 ރީބައުންޑް ނަގާދީ 5 އެސިސްޓް ދިން ކެވިން ޕޮޓަރ ޖޫނިއަރއެވެ.