ކުޅިވަރު

ރިސޯޓް ލީގު: ކުޑަފުއްޓާއި ޖޯލި ސެމީ ފައިނަލަށް


ރާއްޖޭގެ ރިސޯޓުތަކުގެ މެދުގައި ކުރިއަށްދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގު 2022 ގެ ރ. އަތޮޅު މުބާރާތުގެ ގްރޫޕް އޭއިން ސެމީ ފައިނަލަށް ކުޑަފުއްޓާއި ޖޯލި ދަތުރުކޮށްފިއެވެ.

މުބާރާތުގެ ސެމީއަށް ކުޑަފުށި ދަތުރުކުރީ މި ގްރޫޕްގެ ފަހު މެޗުތަކުގެ ނަތީޖާތަކާއެކު އެވެ. ޖޯލި ސެމީން ޖާގަ ހޯދީ ގްރޫޕްގެ ފަހު މެޗުގައި ކުޑަފުށި ބަލިކޮށްގެންނެވެ. މި މެޗު ޖޯލި ކާމިިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މޮޅާއެކު ޖޯލި އޮތީ ގްރޫޕް އޭ ގެ ދެވަނައިގައެވެ. އެއީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެވެ. އެއްވަނައިގައި ކުޑަފުށި އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު ފައިދާ ލަނޑުގެ ތަފާތުންނެވެ.

މުބާރާތުގެ ސެމީފައިނަލަށް ޖޯލި ބީން ދަތުރުކުރީ ނޮކައުޓް މެޗުގައި ދިގަލި މޯލްޑިވްސް 3-1 އިން ބަލިކޮށްގެންނެވެ. ގްރޫޕް ބީ އިން ސެމީފައިނަލަށް ދެން ދަތުރުކުރީ ކޯރާ ކޯރާ އެވެ. އެއީ މި ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ.

މި މެޗުތަކާއެކު މުބާރާތުގެ ސެމީފައިނަލުގައި ބައްދަލުކުރާނެ ޓީމުތައް ވަނީ ކަށަވަރުވެފައެވެ. ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭ ގެ އެއްވަނަ ހޯދި ކުޑަފުއްޓާއި ނޮކައުޓް މެޗު ކާމިޔާބުކުރި ޖޯލި ބީން އެވެ. އަދި ސެމީފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީ ގެ އެއްވަނަ ކޯރާ ކޯރާ އާއި ގްރޫޕް އޭ ގެ ދެވަނަ ޖޯލި އެވެ.

މި ޒޯނުގެ ސެމީފައިނަލް މެޗުތައް އޮކްޓޯބަރު 31 ގައި ކުޅޭއިރު، ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައި ވަނީ ނޮވެމްބަރ 2 ގައެވެ. މުބާރާތުގެ ރ. އަތޮޅު ޒޯނުގެ ކުޅުން ކުރިޔަށްދަނީ އެ އަތޮޅު މީދޫ ގައެވެ. މިއީ ރ. އަތޮޅުގައި ރިސޯޓު ލީގު ބާއްވާ ފުރަތަމަ ފަހަރެވެ.