ޕްރިންސް ވިލިއަމް އަންނަ މަހު ވޯލްޑް ކަޕް ބައްލަވާލެއްވުމަށް ގަތަރަށް ވަޑައިގަތުމުގެ ވިސްނުމެއް ނެތްކަމަށް ކަމަށް އޭނާގެ އިސް އޮފިޝަލުން ބުނެފިއެވެ.
އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަނުގެ ރައީސްކަން ވެސް ކުރައްވާ ޕްރިންސްގެ އަރިސް ބޭފުޅަކު އޭއެފްޕީއަށް ވިދާޅުވީ ޒަރޫރީ ގިނަ ކަންކަން ހުރުމުގެ ސަބަބުން މިފަހަރުގެ ވޯލްޑްކަޕުގެ މެޗުތަކަށް ވަޑައިގަތުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕްރިންސް އަކީ އިންގްލެންޑްގެ ވެރިކަން ކުރާ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސަކަށް ވާތީ މެޗުތަކަށް ވަޑައިގަންނަވާނެ ކަމަށް ބެލެވިފައި ވީ ނަމަވެސް، އެކަން އެ ފަރާތުން ކަށަވަރުކޮށްދީފައި ނުވާ ކަމަށެވެ.
ވިލިއަމްގެ ރަހުމަތްތެރިންނާ ހަވާލާދީ އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނީ އިންގްލެންޑް ފައިނަލަށް ގޮސްފިނަމަ ވިލިއަމް ބައިވެރިވެދާނެ ކަމަށާއި ނަމަވެސް އެ މެޗަށް ދާނީ ހަމައެކަނި ސަރުކާރުގެ ވަފުދެއްގެ މެމްބަރެއްގެ ގޮތުގައި ކަމަށެވެ. މީގެކުރިން ބޭއްވި ވޯލްޑްކަޕް ތަކުގައި ވިލިއަމްސް ވަނީ ބައިވެރިވެފައެވެ.
ޕްރިންސް އޮފް ވޭލްސްގެ ޝަރަފުވެސް ލިބިވަޑައިގެން ހުންނެވި ވިލިއަމްސް މިފަހަރުގެ ވޯލްޑްކަޕުން ގަތަރުން ނުފެންނާނެކަން ހާމަކުރިއިރު، މިއީ 1958 ގެ ފަހުން އިންގްލޭންޑް އަދި ވޭލްސް ވޯލްޑްކަޕެއްގައި އެކުގައި ފެންނާނެ ފުރަތަމަ ފަހަރެވެ.
މުބާރާތުގައި އިންގްލޭންޑް ހިމެނެނީ އެމެރިކާ، އީރާން އަދި ވޭލްސް އާއެކު ގްރޫޕް ބީ ގައެވެ. އިންގްލޭންޑް ކުޅޭ ފުރަތަމަ މެޗުގައި ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބައްދަލުކުރާނީ އީރާން އާއެވެ. އަދި 22 ވަނަ ދުވަހު ވޭލްސް ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެމެރިކާ އާއެވެ.