ކުޅިވަރު

އަޒުމަކަށްވީ ފެނަކަ ފައިނަލަށް ގެންދަން، އެ އަމާޒަށް ވާސިލުވެއްޖެ: އަބޯ


އަޒުމަކަށް ވީ ޓީމަށް ގެނައި ބަދަލުތަކާއެކު ބޭނުންވީ ފެނަކަ ފައިނަލަށް ގެންދަން ކަމަށާއި އެ އަމާޒަށް ވާސިލުވެވުމާއެކު ދެން ބޭނުންވަނީ މުބާރާތުގެ ތަށި ކަމަށް ޓީމު ފެނަކައިގެ ކޯޗު އަބްދުﷲ ނަސީރު (އަބޯ) ބުނެފިއެވެ.

މިއީ ފެނަކަ އިން މި މުބާރާތުގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ފެނަކަ ސެމީ ފައިނަލުން ކެޓީ ޕެނަލްޓީ ޖަހައިގެން، އެންމެ ފަހުގެ ޗެމްޕިއަން، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އަތުންނެވެ. ފެނަކަ އާއި އެމްޕީއެލް މި ފަހަރުގެ ފައިނަލުން ފުރުސަތު ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. މިއަހަރު މުބާރާތުގެ ފައިނަލަށް ފެނަކަ ދަތުރުކުރީ ސެމީފައިނަލުގައި 5-3 އިން ކްލަބް ވެމްކޯ ބަލިކޮށްގެންނެވެ.

ފުޓްސަލް ގައުމީ ޓީމުގެ ކޯޗަކަށް ވެސް ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރި އަބޯ އަކީ މިދިޔަ އަހަރު އާރްއާރްސީން މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު، ޓީމުގެ ކޯޗެކެވެ. އަބޯ ބުނީ އަމާޒަކީ ތަފާތު ޓީމަކާއެކު ވެސް މުބާރާތުގެ ޗެމްޕިއަންކަން ނެގުން ކަމަށެވެ.

މުބާރާތުގެ ސެމީފައިނަލުގައި ވެމްކޯ އާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ޕީއެސްއެމް ސްޕޯޓްސް އާއި ވާހަކަދައްކަމުން ކޯޗު އަބޯ ބުނީ މިއީ ކުޅުންތެރިން ކުރި ބުރަ މަސައްކަތާއެކު ލިބުނު ކާމިޔާބީއެއް ކަމަށެވެ.

ފެނަކަ ކުޅޭ ތާރީހީ ފައިނަލުގައި ބައްދަލުކުރާނީ މި މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ އެމްޕީއެލް އާއި ދެކޮޅަށެވެ. ފައިނަލް މެޗު ކުޅޭނީ ހޮނިހިރު ދުވަހުގެ ރޭގަނޑު އެވެ. މި މެޗު ޔެސް ޓީވީން ވަގުތުން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.