ކުޅިވަރު

މަހިބަދޫ ކައުންސިލް މުބާރާތް: އެސްއެސްއެފްސީ ބަލިކޮށް ޗެމްޕިއަން ޖިބިއްލީން ފެންވަރު ދައްކާލައިފި


އދ. މަހިބަދޫ ކައިންސިލުން އިންތިޒާމުކޮށްގެން ބާއްވާ، މަހިބަދޫ ޒުވާނުންގެ 19ވަނަ ފުޓުބޯޅަ މުބާރާތައި އެންމެ ފަހުގެ ޗެމްޕިއަން ޖިބިއްލީ ސްޕޯޓްސް ކުލަބުން ކުޅުނު ފުރަތަމަ މެޗުގައި އެޓީމުގެ ފެންވަރު ދައްކާލައިފި އެވެ.

ޖިބިއްލީން ފުރަތަމަ މެޗުގައި ވާދަކުރީ އެސްއެސްއެފްސީ އާއި ދެކޮޅަށެވެ. މިމެޗު ޖިބިއްލީން ކާމިޔާބުކުރީ 9-1 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މެޗު ފެށިގެންވެސް ޖިބިއްލީ ސްޕޯޓްސް ކުލަބުގެ ފަރާތުން ފެނިގެންދިޔައީ ތަފާތު މޮޅު ކުޅުމެކެވެ. އެގޮތުން މެޗުގެ ދެވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރިޒުވާންއެވެ.

އޭނާގެ އިތުރުން ފުރަތަމަ ހާފުގެ ތެރޭގައި އަސަދުﷲ އަބްދުﷲ ވެސް ވަނީ ޖިބިއްލީއަށް ލަނޑެއް ކާމިޔާބު ކޮށްދީފައެވެ. މި މެޗުގައި ޖިބިއްލީގެ ފަރާތުން އެންމެ މޮޅު ކުޅުމެއް ފެނިގެންދިޔައީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހުސައިން ނިޔާޒު މުޙައްމަދު (ބޮކުރީ) އާއި، ނާއިޒް ހަސަން (ދާދު)ގެ ފަރާތުންނެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ހެޓްރިކް ހަދާފައެވެ.

މި މެޗުގައި އެސްއެސްއެފްސީ އަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު މެޗުގެ ފެވަނަ ހާފުގެ ތެރޭގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އިޒުއާން ފައްޔާޒް އެވެ.
މި ނަތީޖާއާއެއެކު ޖިބިއްލީން ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ނަމަވެސް ޖިބިއްލީއަށް އެއްވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ.