ކުޅިވަރު

ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް: ޑަބަލްސް އިވެންޓުގެ ކުޅުން ފަށައިފި


މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންއިން އިންތިޒާމްކޮށްގެން ބާއްވާ "ލިޓަސް ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް 2022" ޑަބަލްސް އިވެންޓުގެ ކުޅުން ފަށައިފިއެވެ.

ޖުމްލަ 35 ޕެއަރ ގެ ދެމެދުގައި ޑަބަލް އެލިމިނޭޝަން އުސޫލުން ކުޅެވޭ އިވެންޓްގައި އިއްޔެ ޖުމްލަ 38 މެޗް ވަނީ ކުޅެވިފައެވެ.

މިމަހުގެ 3 އިން 18 ގެ ނިޔަލަށް ކުރިއަށްގެންދާ "ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2022" ގައި ހަ އިވެންޓެއް ކުރިއަށްދާނެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ޓީމު އިވެންޓާއި ފިރިހެން ފުރަތަމަ ޑިވިޝަނާއި ފިރިހެން ދެވަނަ ޑިވިޝަނާއި އަންހެން ޑިވިޝަނާއި ޑަބަލްސް އިވެންޓް އަދި މިކްސް ޑަބަލްސްއެވެ.

މުބާރާތުގެ ޓީމު އިވެންޓުގައި ފަސް ކްލަބަކުން ވާދަކުރެއެވެ. އެއީ 2021 ވަނަ އަހަރު ގެ ޓީމް އިވެންޓް ޗެމްޕިއަން ކްލަބު އީގަލްސް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި އައިލޭންޑަރސް ހޯޕް ސްޕޯޓްސް ކުލަބް އާއި މާޒިޔާ ސްޕޯޓްސް އަދި ދިވެހި ސިފައިންގެ ކްލަބެވެ.

އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި 32 ކުޅުންތެރިއަކު ވާދަކުރާ އިރު، ފިރިހެން ދެވަނަ ޑިވިޝަންގައި 51 ކުޅުންތެރިއަކު ވާދަކުރެއެވެ. އަންހެން ޑިވިޝަންގައި 7 ކުޅުންތެރިއަކު ވާދަކުރެއެވެ. ޑަބަލްސް އިވެންޓުގައި 35 ޕެއަރ ވާދަކުރާ އިރު، މިކްސް ޑަބްލްސްގައި 10 ޕެއަރ ވާދަކުރެއެވެ.