ކުޅިވަރު

ކަޑީޒް ބަލިކޮށް ރެއާލުން ފަރަގު ކުޑަކޮށްފި


ސްޕެނިޝް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ކަޑީޒް ބަލިކޮށް ތާވަލްގެ އެއްވަނައިގާ އުޅޭ އެފްސީ ބާސެލޯނާ އާއި ދެމެދުގައިވާ ފަރަގު ދެޕޮއިންޓަށް ކުޑަކޮށްފިއެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗް ރެއާލް ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލްއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 40 ވަނަ މިނެޓްގައި ޖަހާ ލީޑު ނަގާފައިވަނީ ރެއާލްއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އެޑަރ މިލިޓާއޯއެވެ. އަދި މެޗްގެ 70 ވަނަ މިނެޓްގައި ރެއާލްގެ ދެވަނަ ލަނޑު ޖަހާދިނީ ޓޮނީ ކްރޫސްއެވެ. މިމެޗްގައި ކަޑީޒްގެ ހަމައެކަނި ލަނޑު މެޗްގެ 81 ވަނަ މިނެޓްގައި ޖަހާދިނީ ލޫކަސް ޕެރޭޒްއެވެ. ނަމަވެސް ކަޑީޒްއަށް މިއާއެކުވެސް މެޗްގެ ނަތީޖާ ހަމަހަމަ ކުރެވޭގޮތެއްނުވިއެވެ.

މިމެޗާއެކު ފީފާ ވާރލްޑް ކަޕަށް ލަލީގާގެ ކުޅުން މެދު ކަނޑާލިއިރު 14 މެޗުން ލިބިފައިވާ 37 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގާ އުޅެނީ ބާރސާއެވެ. އަދި 35 ޕޮއިންޓާއެކު ދެވަނައިގާ އުޅެނީ ރެއާލްއެވެ. އަދި ތިންވަނައިގާ އުޅޭ ރެއާލް ސޮސިއެޑާޑްއަށް ލިބިފައިވަނީ 26 ޕޮއިންޓެވެ. މިމެޗުން ބަލިވުމުން ކަޑީޒް އުޅެނީ ތާވަލްގެ 19 ވަނަައިގައެވެ.