އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި މިނެސޯޓާ ޓިމްބަވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު މެމްފިސް ގްރިޒްލީސްއިން ކާމިޔާބުކޮށްފިއެވެ.
މި މެޗް ގްރިޒްލީސް ކާމިޔާބުކޮށްފައިވަނީ 114 ޕޮއިންޓް 103 ޕޮއިންޓުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގްރިޒްލީސްގެ ޖާ މޮރާންޓް ވަނީ 28 ޕޮއިންޓް ހޯދާދީ 10 ރީބައުންޑް ނަގާދީ 8 އެސިސްޓް ކޮށްފައެވެ. އަދި ޓިމްބަރވުލްވްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 28 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގާދީ 6 އެސިސްޓް ދިން އެންތަނީ އެޑްވާރޑްސްއެވެ.
މިމުބާރާތުގައި ބޮސްޓަން ސެލްޓިކްސް އާއި ޑެންވަރ ނަގެޓްސް ބައްދަލުކުރިމެޗް 131 ޕޮއިންޓް 112 ޕޮއިންޓުން ކާމިޔާބުކުރީ ސެލްޓިކްސްއެެވެ. މިމެޗްގައި ސެލްޓިކްސްގެ ޖޭސަން ޓޭޓުމްވަނީ 34 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ. އަދި ނަގެޓްސްގެ ނިކޮލާ ޔޮކިޗްވަނީ 29 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާދީ 3 އެސިސްޓް ކޮށްފައެވެ.
މީގެ އިތުރުން އެންމެފަހުގެ ޗެމްޕިއަން ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި ކްލީވްލަންޑް ކެވެލިއަރސް ބައްދަލުކުރިމެޗް 106 ޕޮއިންޓް 101 ޕޮއިންޓުން ކާމިޔާބުކުރީ ވޮރިއަރސްއެެވެ. މިއީ މިސީޒަންގައި ވޮރިއަރސް ޖެހިޖެހިގެން ދެމެޗް ކާޟިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. މިމެޗްގައި ވޮރިއަރސްގެ ސްޓެފަން ކަރީ ވަނީ 40 ޕޮއިންޓް ހޯދާދީ 4 ރީބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ. އަދި ކެވެލިއަރސްއަސް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 29 ޕޮއިންޓް ހޯދާދީ 10 ރީބައުންޑް ނަގާދީ 9 އެސިސްޓް ދިން ޑޮނޮވަން މިޝޭލްއެވެ.