އިޓާލިއަން ލީގުގައި އެޓަލާންޓާއާ ދެކޮޅަށް ކުޅުނު މެޗު އިންޓަ މިލާނުން ކާމިޔާބުކޮށްފިއެވެ.
އެޓަލާންޓާގެ ދަނޑުގައި ކުޅުނު މިމެޗް އިންޓައިން ކާމިޔާބުކޮށްފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު އިންޓަރއިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ އެޓަލާންޓާއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 25 ވަނަ މިނެޓްގައި ޖަހާ މެޗްގެ ލީޑު ނަގާފައިވަނީ އެޓަލާންޓާއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އަޑެމޯލާ ލޫކްމަންއެވެ.
ނަމަވެސް އިންޓަރއިން ވަނީ މެޗްގެ 36 ވަނަ މިނެޓްގައި އެޑިން ޖެކޯ ޖަހާދިން ލަނޑާއެކު މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަދި މެޗްގެ 56 ވަނަ މިނެޓްގައި އޭނާ ކާމިޔާބުކޮށްދިން ދެވަނަ ލަނޑާއެކު މިމެޗްގައި އިންޓަރއިން ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ. މިމެޗްގައި އިންޓަރގެ ފަހު ލަނޑަކީ މެޗްގެ 61 ވަނަ މިނެޓްގައި އެޓަލާންޓާގެ ހޯސޭ ލުއިސް ޕަލޮމީނޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ނަމަވެސް ޕަލޮމީނޯވަނީ މިމެޗްގައި އެޓަލާންޓާއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗްގެ 77 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްވެސް ދީފައެވެ.
މިކާމިޔާބީއާއެކު އިންޓަރ މިހާރު އުޅެނީ 15 މެޗުން ލިބިފައިވާ 30 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ. އަދި އެޓަލާންޓާ އުޅެނީ 27 ޕޮއިންޓާއެކު ތާވަލްގެ ހަ ވަނައިގައެވެ. މިމުބާރާތުގައި ރޭ އޭސީ މިލާނާއި ފިއޮރެންޓީނާ ބައްދަލުކުރިމެޗް މިލާން ކާމިޔާބުކޮށް ތާވަލްގެ ދެވަނައަށް އަރާފައިވާއިރު ޔުވެސްޓަން އާއި ލާޒިއޯ ބައްދަލުކުރިމެޗް 3 ލަނޑު ސުންލަނޑުން ކާމިޔާބުކުރީ ޔުވެންޓަސްއެވެ.