ކުޅިވަރު

ޝިކާގޯ ބުލްސް އަތުން ނަގެޓްސްއަށް މޮޅެއް


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ޝިކާގޯ ބުލްސްއާ ދެކޮޅަށް ކުޅުނު މެޗު ޑެންވާ ނަގެޓްސްއިން ކާމިޔާބުކޮށްފިއެވެ.

މިމެޗް ނަގެޓްސް ކާމިޔާބުކޮށްފައިވަނީ 126 ޕޮއިންޓް 103 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދާ މިމެޗްގައި ނަގެޓްސްގެ މައިކަލް ޕޯޓަރ ޖޫނިއަރ ވަނީ 31 ޕޮއިންޓް ހޯދާދީ އެއް ރީބައުންޑް ނަގާދީ 2 އެސިސްޓް ކޮށްފައެވެ. އަދި ވުލްސްގެ ޒެކް ލެވީންވަނީ 21 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ.

މިމުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި ޔޫޓާ ޖޭޒް ބައްދަލުކުރިމެޗް 105 ޕޮއިންޓް 98 ޕޮއިންޓުން ކާމިޔާބުކުރީ ސިކްސަރސްއެވެ. މިމެޗްގައި ސިކްސަރސްގެ ޖޮއެލް އެމްބިޑް ވަނީ 59 ޕޮއިންޓް ހޯދާދީ 11 ރީބައުންޑް ނަގާދީ 8 އެސިސްޓް ކޮށްފައެވެ. އަދި ޖޭޒްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 15 ޕޮއިންޓް ހޯދާދީ 10 ރީބައުންޑް ނަގާދިން ލައުރީ މާކަނެންއެވެ. މީގެއިތުރުން ވޮޝިންގޓަން ވިޒަޑްސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރިމެޗް 102 ޕޮއިންޓް 92 ޕޮއިންޓުން ކާމިޔާބުކުރީ ވިޒަޑްސްއެވެ. މިމެޗްގައި ވިޒަޑްސްގެ ކްރިސްޓަޕްސް ޕޯޒިންގީސްވަނީ 25 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގާދީ 2 އެސިސްޓް ކޮށްފައެވެ. އަދި ގްރިޒްލީސްއަށް މިމެޗްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 12 ޕޮއިންޓް ހޯދާދީ 10 ރީބައުންޑް ނަގާދީ 6 އެސިސްޓް ދިން ސްޓީވެން އެޑަމްސްއެވެ.