ދުނިޔޭގެ ވިޔަފާރި

އިންޑޮނޭޝިއާގެ ޓްރޭޑް ސަރޕްލަސް ލަފާކުރި ވަރަށްވުރެ އިތުރުވެއްޖެ


އިންޑޮނޭޝިއާގެ ޓްރޭޑް ސާޕްލަސް އޮކްޓޫބަރު މަހު 5.67 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައިވާކަކަމަށް އެ ގައުމުގެ ރަސްމީ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މި އަދަދު އޮކްޓޫބަރު މަހު ހުރީ 4.99 އެމެރިކާ ޑޮލަރުގައެވެ.

ރޮއިޓާސް ޕޯލްގެ އިގްތިސާދީ މާހިރުން ލަފާކޮށްފައިވާ ގޮތުގައި އިންޑޮނޭޝިއާގެ ޓްރޭޑް ސާޕްލަސް އޮކްޓޫބަރުމަހު އިތުރު ވާނީ 4.5 ބިލިއަން އެމެރިކާ ޑޮލަރަށެވެ.

ރިސޯސަސްތައް ގިނަ ދެކުނު އިރުމަތީ އޭޝިއާގެ ގައުމެއް ކަމަށްވާ އިންޑޮނޭޝިއާއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓުކުރާ ތަކެތި ކަމުގައިވާ ޕާމް އޮއިލް އާއި ކޯލް އަދި ކެމިކަލް އެއް ކަމަށްވާ ނިކަލް އަގު އަހަރަކަށްވުރެ ގިނަ ދުވަސް ވަންދެން އުފުލުމުގެ ސަބަބުން އިންޑޮނޭޝިއާއަށް ވަނީ ވަރަށް ފައިދާވެފައެވެ.

މުދަލުގެ އަގު މެދުމިނަށް ގޮސް ދުނިޔޭގެ އިގްތިސާދު މަޑުޖެހިއްޖެ ނަމަ އިންޑޮނޭޝިއާގެ އެކްސްޕޯޓް އާމްދަނީ ދަށްވެ، ވިޔަފާރީގެ ބެލެންސް އަށް ޕްރެޝަރު ކުރިމަތިވެދާނެކަމަށް އިގްތިސާދީ މާހިރުން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އޮކްޓޫބަރު މަހު އެ ގައުމުން އިމްޕޯޓް ކުރި މިންވަރު ލަފާކުރި ވަރަށްވުރެ މަދެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޮކްޓޯބަރު މަހު އިމްޕޯޓް ކުރި މިންވަރު ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިއާ އަޅާބަލާއިރު 17.44% އިތުރުވެ 19.14 ބިލިއަން ޑޮލަރަށް އަރާފައެވެ. ނަމަވެސް މިއީ އިމްޕޯޓު އިތުރުވާނެ ކަމަށް ލަފާކޮށްފައިވާ %23.62 އަށް ވުރެ ދަށް އަދަދެކެވެ.

މަހުން މަހަށް ބަލާއިރު އިމްޕޯޓްކުރި މިންވަރު ވަނީ %3.4 އަށް ދަށްވެފައެވެ. އިންޑޮނޭޝިއާ އަށް މައިގަނޑު ގޮތެއްގައި އިމްޕޯޓުކޮށްފައި ވަނީ މެޝިނަރީތަކާއި ތެލާއި ރަނެވެ. މީގެއިތުރުން އޮކްޓޯބަރު މަހު އެކްސްޕޯޓް ކުރި މިންވަރު ކުރީ އަހަރާއި އަޅާބަލާއިރު %12.3 އަށް އިތުރުވެ، 24.81 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، މިއީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެންމެ ދުވެލި މަޑުކޮށް އެކްސްޕޯޓު ކުރިއެރި ފަހަރެވެ.

ބޭންކް އިންޑޮނޭޝިއާގެ މާލީ ސިޔާސަތު މުރާޖައާ ކުރަން މި ހަފްތާގައި ނިންމާފައިވާއިރު، އޮކްޓޫބަރު މަހުގެ ވިޔަފާރީގެ އަދަދު ތަކަކީ ސިޔާސަތު ކަނޑައެޅުމުގައި ބޭނުންކުރާނެ އަދަދުތަކެއްކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ރޮއިޓާސް އިން ވަކިން ކުރި ސާވޭއަކުން ދައްކާ ގޮތުގައި ބުރާސްފަތި ދުވަހު ޖެހިޖެހިގެން ތިން ވަނަ ފަހަރަށް މަރުކަޒީ ބޭންކުން އިންޓަރެސްޓް ރޭޓް 50 ބެސިސް ޕޮއިންޓް މަތިކުރާނެ ކަމަށް ބެލެވެއެވެ.