އިންގްލަންޑާއި ނޯވޭގެ އަންހެން ޓީމުތަކުގެ މެދުގައި ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
މިމެޗް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންގްލަންޑްއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 33ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ޔޫރަޕްގެ ޗެމްޕިއަން އިންގްލަންޑެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޭޗަލް ޑެލީއެވެ. އަދި މިމެޗްގެ 72 ވަނަ މިނެޓްގައި ނޯވޭގެ އަންޔާ ސޮންސްޓެވޯލްޑް އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކުމުން މިމެޗުން އިންގްލަންޑް މޮޅުވާނެކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް ނޯވޭއިން ވަނީ އޭގެ އަށް މިނެތްފަހުން ލަނޑެއް ނަޖާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗްގެ 80 ވަނަ މިނެޓްގައި ނޯވޭގެ ފްރީޑާ މާނުމްއަށް މިލަނޑު ކާމިޔާބު ކުރެވުމުގައި އިންގްލަންދްގެ ކީޕަރ އެލީ ރޮއެބަކްއަށް ހެދުނު ގޯސް ވަރަށް ބޮޑު ދައުރެއް އަދާކުރިއެވެ.
މިމެޗް އެއްވަރު ވުމާއެކު އިންގްލަންޑުން 2022 ވަނަ އަހަރު މިނިންމާލީ އެއްވެސް މެޗަކުން ބަލިނުވެއެވެ. އަދި އިންގްލަންޑްގެ މިހާރުގެ ކޯޗް ސެރީނާ ވެއިގްމަންގެ ކޯޗްކަމުގެ ދަށުން ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. މިގޮތުން މިހާތަނަށް 26 މެޗް ވަނީ އިންގްލަންޑުން އޭނާގެ ކޯޗްކަމުގެ ދަށުން މިހާތަނަށް ކުޅެފައެވެ. އަދި މިކާމިޔާބީއަށް ޓަކައި ވެއިގްމަންވަނީ އޭނާގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.