ކުޅިވަރު

މެމްފިސް ގްރިޒްލީސް އަތުން ޕެލިކަންސްއަށް މޮޅެއް


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި މެމްފިސް ގްރިޒްލީސްއާ ދެކޮޅަށް ކުޅުނު މެޗު ނިއުއޯލިއަންސް ޕެލިކަންސްއިން ކާމިޔާބުކޮށްފިއެވެ.

މިމެޗް ޕެލިކަންސް ކާމިޔާބުކުރީ 113 ޕޮއިންޓް 102 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޕެލިކަންސްގެ ސީޖޭ މެކްކޮލަމްވަނީ 30 ޕޮއިންޓް ހޯދާދީ 3 ރީބައުންޑް ނަގާދީ 9 އެސިސްޓް ކޮށްފައެވެ. އަދި ގްރިޒްލީސްގެ ޖާ މޮރާންޓްވަނީ 36 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ. މިމުބާރާތުގައި ޑެލަސް މެވްރިކްސް އާއި ލޮސް އެންޖަލިސް ކްލިޕަރސް ބައްދަލުކުރިމެޗް 103 ޕޮއިންޓް 101 ޕޮއިންޓުން ކާމިޔާބުކުރީ މެވްރިކްސްއެވެ. މިމެޗްގައި މެވްރިކްސްގެ ލޫކާ ޑޮންޗިޗްވަނީ 35 ޕޮއިންޓް ހޯދާދީ 11 ރީބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ. އަދި ކްލިޕަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ 6 އެސިސްޓް ދިން ޕޯލް ޖޯޖްއެވެ.

މީގެއިތުރުން ނިއުޔޯކް ނިކްސް އާއި ޔޫޓާ ޖޭޒް ބައްދަލުކުރިމެޗް 118 ޕޮއިންޓް 111 ޕޮއިންޓުން ކާމިޔާބުކުރީ ނިކްސްއެވެ. މިމެޗްގައި ނިކްސްގެ ޖޭލަން ބްރަންސަން ވަނީ 25 ޕޮއިންޓް ހޯދާދީ 3 ރީބައުންޑ ނަގާދީ 8 އެސިސްޓް ކޮށްފައެވެ. އަދި ޖޭޒްގެ ކެލީ އޮލިނީކްވަނީ 27 ޕޮއިންޓް ހޯދާދީ 11 ރީބައުންޑް ނަގާދީ 2 އެސިސްޓް ކޮށްފައެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް އާއި ސެން އެންޓޯނިއޯ ސްޕަރސް ބައްދަލުކުރިމެޗް 117 ޕޮއިންޓ 110 ޕޮއިންޓުން ޓްރެއިލް ބްލޭޒަރސް ކާމިޔާބު ކުރިއިރު ސެކްރެމެންޓޯ ކިންގްސް އާއި ބްރޫކްލިން ނެޓްސް ބައްދަލުކުރިމެޗް 153 ޕޮއިންޓް 121 ޕޮއިންޓުން ކާމިޔާބުކުރީ ކިންގްސްއެވެ.