އަންނަ އާދީއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުގައި ވާދަކުރާ ފްރާންސް ޓީމުގެ ކްރިސްޓޮފާ އެންކޫންކޫއަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާގެ ބަދަލުގައި ރަންޑަލް ކޯލޯ މުއާނީ ޓީމަށް ނަގައިފިއެވެ.
ކޯލޯ މުއާނީ އަކީ ޖަރުމަނު ބުންޑަސްލީގާގެ އެއިންޓްރެކްޓް ފްރޭންކްފަރޓަށް ކުޅޭ ފޯވަޑެކެވެ. އެންކުންކޫގެ ފަޔަށް އަނިޔާވެފައިވަނީ ފަރަންސޭސި ޤައުމީ ޓީމާއެކު ފަރިތަކުރަމުން ދަނިކޮށެވެ. ކޯލޯ މުއާނީ ވަނީ މިސީޒަންގައި ފްރޭންކްފަރޓް އަށް 23 މެޗުގައި 8 ލަނޑު ޖަހާދީފައެވެ. އޭނާ މީގެކުރިން ފަރަންސޭސި ޓީމަށް ކުޅެފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު އޮސްޓްރިއާ އާއި ޑެންމާކް އާއި ދެކޮޅަށް ނޭޝަންސް ލީގުގައި ބައްދަލުކުރި ދެމެޗްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
އެންމެ ފަހުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން ފަރަންސޭސީން މިފަހަރުގެ ވާރލްޑް ކަޕްގައި ވަދަކުރާއިރު ފުރަތަމަ މެޗްގައި މިމަހުގެ 22 ވަނަ ދުވަު ނިކުންނާނީ ގްރޫޕް ޑީ ގައި އޮސްޓްރޭލިއާ އާއި ދެކޮޅަށެވެ. މީގެއިތުރުން މިގްރޫޕްގައި ދެން ހިމެނެނީ ޑެންމާކް އާއި ޓިއުނީޝިއާއެވެ.