ކުޅިވަރު

އެކުވެރިކަމުގެ މެޗުގައި ސްވިޓްޒަލަންޑް އަތުން ގާނާއަށް މޮޅެއް


ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗުގައި ސްވިޓްޒަލަންޑް އަތުން ގާނާ މޮޅުވެއްޖެއެވެ.

މިމެޗް ގާނާއިން ކާމިޔާބުކޮށްފައިވަނީ 2 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ސްވިޓްޒަލަންޑުން ބޯޅަ ގެންގުޅެފައިވާއިރު ގިނަ ހަމަލާ އުފައްދާފައިވަނީ ގާނާއިންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްެވެސް ޓީމަކަށް ލަނޑެއް ކާޟިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗްގައި ގާނާއިން ކާމިޔާބުކުރި ފުރަތަަމަ ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ޖަހާދިނީ މުހަންމަދު ސަލީސޫއެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން އެޓީމްގެ ދެވަނަ ލަނޑު ޖަހާދިނީ އެންޓޮއިން ސެމެންޔޯއެވެ.

މިފަހަރުގެ ވާރލްޑް ކަޕްގައި ގާނާ ހިމެނިފައިވަނީ ޕޯޗުގަލް، އުރުގުއާއީ އަދި ދެކުނު ކޮރެއާ އާއެކު ގްރޫޕް އެޗްގައެވެ. އަދި ފުރަތަމަ މެޗްގައި މިމަހުގެ 24 ވަނަ ދުވަހު ބައްދަލުކުރާނީ ޕޯޗުގަލް އާއެވެ. އަދި ސްވިޓްޒަލަންޑް ހިމެނިފައިވަނީ ބްރެޒިލް އާއި ސަރބިއާ އަދި ކެމެރޫން އާއެކު ގްރޫޕް ޖީ ގައެވެ. އަދި ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ކެމެރޫން އާއެވެ.