ކުޅިވަރު

ވޯލްޑް ކަޕުގެ ކުރިން މިސްރު އަތުން ބެލްޖިއަމް ބަލިވެއްޖެ


ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ބެލްޖިއަމްއިން މިސްރާއި ބައްދަލުކުރި މެޗުން ބަލިވެއްޖެއެވެ.

މިމެޗް މިސްރުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބެލްޖިއަމްއިންނެވެ. ނަމަވެސް ވޯލްޑް ކަޕްގެ ކުރިން އެޓީމް ކުޅުނު ފަހު މެޗްގައި މިސްރުގެ މައްޗަށް ކުރި ހޯދޭގޮތެއްނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 33 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ މިސްރުންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ މުސްތަފާ މުހަންމަދެވެ. އަދި މެޗްގެ 46 ވަނަ މިނެޓްގައި ޓްރެޒެގޭ ވަނީ މިސްރުގެ ލީޑު ފުޅާކޮށްދީފައެވެ. މިމެޗްގައި ބެލްޖިއަމްއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 76 ވަނަ މިނެޓްގައި ޖަހާދިނީ ލޮއިސް އޮޕެންޑާއެވެ.

މިފަހަރުގެ ވާރލްޑް ކަޕްގައި ބެލްޖިއަމް ހިމެނިފައިވަނީ ގްރޫޕް އެފްގައެވެ. މިގްރޫޕްގައި ދެން ހިމެނެނީ ކެނެޑާ، މޮރޮކޯ އަދި އެންމެފަހުގެ ވާރލްޑް ކަޕްގެ ފައިނަލްގައި ވާދަކުރި ކްރޮއޭޝިއާއެވެ. ބެލްޖިއަމް ކުޅޭ ފުރަތަމަ މެޗްގައި މިމަހުގެ 23 ވަނަ ދުވަހު ބައްދަލުކުރާނީ ކެނެޑާއާއެވެ.