އިންގްލަންޑްގެ އަންހެން ކްރިކެޓް ޓީމްގެ ކޯޗަކަށް ޖޯން ލުވިސް ހަމަޖައްސައިފިއެވެ.
އޭނާ މިމަގާމަށް އައްޔަން ކޮށްފައިމިވަނީ ކުރިން އެމަގާމްގައިހުރި ލީސާ ކެއިޓްލީ އިތުރަށް ކޮށްޓްރެކްޓް އާ ނުކޮށް މަގާމުން ދުރައް ދިއުމާ ގުޅިގެންނެވެ.
އިންގްލަންޑް ފިރިހެން ޓީމަށް 16 މެޗް ކުޅެފައިވާ ލުވިސް މިހާތަނަށް ދިޔައީ އިންގްލަންޑް ފިރިހެން ޓީމްގެ ބޯލިންގ ކޯޗްގެ މަގާމް އަދާކުރަމުންނެވެ. އަދި ލުވިސްގެ ބެލުމުގެ ދަށުން އިންގްލަންޑްގެ އަންހެން ޓީމް ވާދަކުރާ ފުރަތަމަ މެޗްތަކަށް ވެގެންދާނީ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ވެސްތް އިންޑީޒްގެ ޓުއަރއެވެ. މިޓުއަރގައި އިންގްލަންޑްގެ އަންހެން ޓީމް އެއް ދުވަހުގެ ތިން މެޗާއި ޓީ ޓުވެންޓީގެ ފަސް މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއީ މިއަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެން ކްރިކެތް ވާރލްޑް ކަޕަށް ތައްޔާރު ވުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ.
ލުވިސްވަނީ އިންގްލަންދް އަންހެން ޓީމްގެ ކޯޗް ކަމުގައި 2026 އާއި ހަމައަށް ހުރުމަށް ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިމަގާމަށް ލުވިސް އާއި އޭނާ އާއި އެއް ނަމެއް ކިޔާ ޑަރހަމްގެ ކުރީގެ ކޯޗް ޖޯން ލުވިސް އާއި އޮސްޓްރޭލިއާގެ އޭޝްލީ ނޮފްކަރވެސް ވާދަކޮށްފައިވެއެވެ.