އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ބޮސްޓަން ސެލްޓިކްސް އާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރިމެޗް ސެލްޓިކްސް ކާމިޔާބުކޮށްފިއެވެ.
މިމެޗް ސެލްޓިކްސް ކާމިޔާބުކޮށްފައިވަނީ 117 ޕޮއިންޓް 109 ޕޮއިންޓުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރިކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސެލްޓިކްސްގެ ޑެރިކް ވައިތް ވަނީ 26 ޕޮއިންޓް ހޯދާދީ 3 ރީބައުންޑް ނަގާދީ އެއް އެސިސްޓް ކޮށްފައެވެ. މިމެޗްގައި ޕެލިކަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދައްކަދިނީ 25 ޕޮއިންޓް ހޯދާދީ 2 ރީބައުންދް ނަގާދީ 7 އެސިސްތް ދިން ބްރެންޑަން އިންގްރަމްއެވެ.
މިމުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި މިލްވައުކީ ބަކްސް ބައްދަލުކުރިމެޗް 110 ޕޮއިންޓް 102 ޕޮއިންޓުން ކާމިޔާބުކުރީ ސިކްސަރސްއެވެ. މިމެޗްގައި ސިކްސަރސްގެ ޖޮއެލް އެމްބިދްވަނީ 32 ޕޮއިންޓް ހޯދާދީ 11 ރީބައުންޑް ނަގާދީ 8 އެސިސްޓް ކޮށްފައެވެ. އަދި ޖިއާނިސް އެންޓެޓޮކޮއުމްޕޯވަނީ ބަކްސްއަށް 25 ޕޮއިންޓް ހޯދާދީ 14 ރީބައުންދް ނަގާދީ 4 އެސިސްޓް ކޮށްފައެވެ. މީގެއިތުރުން މެމްފިސް ގްރިޒްލީސް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރިމެޗް 121 ޕޮއިންޓް 110 ޕޮއިންޓުން ކާމިޔާބުކުރީ ގްރިޒްލީސްއެވެ. މިމެޗްގައި ގްރިޒްލީސްގެ ޖެރެން ޖެކްސަން ޖޫނިއަރވަނީ 19 ޕޮއިންޓް ހޯދާދީ 12 ރީބައުންދް ނަގާދީފައެވެ. އަދި ތަންޑަރގެ ޖެލެން ވިލިއަންސްވަނީ 20 ޕޮއިންޓް ހޯދާދީ 6 ރީބައުންދް ނަގާދީ 7 އެސިސްޓް ކޮށްފައެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ކްލީވްލަންޑް ކެވެލިއަރސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރިމެޗް 132 ޕޮއިންޓް 122 ޕޮއިންޓުން ކެވެލިއަރސް ކާމިޔާބުކުރިއިރު އޯލާންޑޯ މެޖިކް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް 108 ޕޮއިންޓް 107 ޕޮއިންޓުން ކާމިޔާބުކުރީ މެޖިކްއެވެ. ހަމައެއާއެކު ޑެލަސް މެވްރިކްސް އާއި ޑެންވަރ ނަގެޓްސް ބައްދަލުކުރިމެޗް 127 ޕޮއިންޓް 99 ޕޮއިންޓުން މެވްރިކްސް ކާމިޔާބުކުރިއިރު އިންޑިއާނާ ޕޭސަރސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް 99 ޕޮއިންޓް 91 ޕޮއިންޓުން ކާމިޔާބުކުރީ ޕޭސަރސްއެވެ.