ކޮންމެ ކުއްޖަކީވެސް އަނިޔާގެ ޝިކާރައިން ސަލާމާތްވެ، ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުވެފައިތިބި ބަޔަކަށް ހަދަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވަނީ މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ހުރިހާ ކުޑަކުދިންނަށް ފޮނުއްވާފައެވެ. ދުވަހުގެ ތަޙުނިޔާ ފޮނުއްވާ ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޖުތަމަޢުގެ ކޮންމެކަމެއްގައި ހަމަހަމަކަމާއެކު ކުޑަކުދިން ޝާމިލްކުރޭތޯ ކަށަވަރުކުރަން ޖެހޭކަމަށެވެ. އަދި ޑަކުދިންނަށް ލިބޭ އަނިޔާތަކާއި، ގެއްލުންތަކުން އެއްކިބާވެފައިވާ ބައެއްކަން މުޖުތަމަޢު ކަށަވަރުކުރުމާއި، އެކުދިންގެ ހައްޤުތައް ފުރިހަމައަށް ރައްކާތެރިކުރެވިފައިވާ ބައެއްކަން ޔަޤީންކުރަންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
Happy #WorldChildrensDay to all children. As we celebrate our children, we are ever mindful of our duty to ensure that every child realizes their full potential in a society that is inclusive, free of violence and harm and where their rights are fully protected.
— Ibrahim Mohamed Solih (@ibusolih) November 20, 2022
ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މިދުވަސް ފާހަގަކުރުމަށްޓަކައި އދ.ކަނޑައަޅާފައިވާ ޝިއާރަކީ "އިންކުލޫޝަން، ފޯރ އެވްރީ ޗައިލްޑް" އެވެ.
ރާއްޖޭގައި ވަނީ ކުޑަކުދިންގެ ހައްގުތަށް ކަަވަރުކުރުމަށް ގިނަ ޤާނޫނުތަކެއް އެކުލަވާލާފައެވެ. އަދި ކުޑަކުދިން ހިމާޔަތްކުރުމަށް އެ ޤާނޫނުތަކުގައި ވަރަށް ބޮޑަށް ބާރުއަޅައެވެ. މީގެ އިތުރުން ކުޑަކުދިންނަށް އިހުމާލުވެ، އަނިޔާ ލިބޭފަދަ ކަންކަން ކުރުމަކީ ޤާނޫނުގައި ހަރުކަށި އަދަބުތައްވެސް ކަނޑައެޅިފައިވާ ކަންކަމެވެ.