ކުޅިވަރު

ހޯސޭ ގަޔާއަށް އަނިޔާވެ ބްލާޑޭ ސްޕެއިން ޓީމަށް


ފީފާ ވޯލްޑް ކަޕުގައި ވާދަކުރާ ސްޕެއިން ޓީމުގެ ހޯސޭ ގަޔާއަށް އަނިޔާވެ ބާސެލޯނާގެ ފަހަތަށް ކުޅޭ ޒުވާން ކުޅުންތެރިޔާ އަލްހަންދްރޯ ބްލާޑޭ ޓީމުގައި ހިމަނައިފިއެވެ.

މިދިޔަ ބުދަ ދުވަހު ކުރިއަށްގެންދިޔަ ސްޕެއިންގެ ފަރިތަކުރުންތަކުގެ ތެރެއިން ގާޔާގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އެއްކޮށް ފިޓްވާން 10 ވަރަކަށް ދުވަސްނަގާނެ ކަމަށް ސްޕެއިންގެ މެޑިކަލް ޓީމުން ވަނީ ކޯޗު، ލުއިސް އެންރީކޭ އަށް ލަފާދީފަ އެވެ.

ދިހަ ދުވަހަށް ގާޔާ ކުޅުމާ ދުރަށް ގޮސްފިނަމަ، ވޯލްޑް ކަޕްގައި ސްޕެއިން ކުޅޭ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗު، އޭނާ އަށް ގެއްލޭނެ އެވެ. އެއީ ކޮސްޓަ ރިކާ އާއި ޖަރުމަނު މެޗެވެ. އެ ދެ މެޗު ގާޔާ އަށް ގެއްލޭނެކަން އެނގުމުން، އެންރީކޭ ނިންމީ ގާޔާގެ ބަދަލުގައި ބާލްޑޭ ނެގުމަށެވެ.

ސްޕެއިން ޓިމަށް ނެގި ބާލްޑޭ، މީގެ ކުރިން ސީނިއާ ޓީމަށް އެއްވެސް މެޗެއް ކުޅެފައިނުވެ އެވެ. އޭނާ ސްޕެއިނަށް ކުޅެފައިވަނީ 21 އަހަރުން ދަށުގެ ޓީމާއި އޭގެ ދަށް އުމުރުފުރާތަކުގެ ޓީމުތަކަށެވެ.