ކުޅިވަރު

ސްޕެއިނަށް ނުވެއްޖަނަމަ އެދެނީ އާޖެންޓީނާ ވޯލްޑް ކަޕް ކާމިޔާބުކުރަން: އެންރީކޭ


ސްޕެއިނަށް ފީފާ ވޯލްޑް ކަޕް ކާމިޔާބު ނުވެއްޖަނަމަ އެދެނީ އާޖެންޓީނާ މުބާރާތް ކާމިޔާބުކުރަން ކަމަށް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.

އޭނާ ބުނީ ސްޕެެއިން އަށް ވޯލްޑް ކަޕް ކާމިޔާބު ނުކުރެވިއްޖެނަމަ، އޭނާ އެދެނީ އާޖެންޓީނާ އަށް މުބާރާތް ކާމިޔާބުކުރެވެން ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ބުނީ އާޖެންޓީނާގައި މެސީ ހުރުން ކަމަށެވެ. އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ ކެރިއަރުގައި ފީފާ ވޯލްޑް ކަޕެއް ކާމިޔާބު ނުކުރެވުމަކީ ވަރަށް ބޮޑު "ބޭއިންސާފެއް" ކަމަށް ވެސް އެންރީކޭ ވަނީ ބުނެފައެވެ.

އެންރީކޭ ވަނީ މީގެ ކުރިން މެސީ އަށް ކޯޗުކަން ކޮށްދީފައެވެ. 2014 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރަށް އެންރީކޭ ބާސެލޯނާ އަށް އިރުޝާދު ދިން އިރު ވެސް މެސީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެންރީކޭ މިހެން ބުނެފައިވާއިރު، މިއަހަރުގެ މުބާރާތަކީ މެސީގެ ފަހު ވޯލްޑް ކަޕަށް ވެދާނެ ކަމަށް އޭނާ ވަނީ އިއުލާނުކޮށްފައެވެ. ޤަތަރުގެ މުބާރާތަކީ މެސީގެ ފަސް ވަނަ ވޯލްޑް ކަޕެވެ.

މެސީ އަށް ވޯލްޑް ކަޕްގައި އެންމެ ދުރަށް ދެވުނީ 2014 ވަނަ އަހަރުއެވެ.އެންރީކޭ މިހެން ބުނެފައިވާއިރު، މިއަހަރުގެ މުބާރާތަކީ މެސީގެ ފަހު ވޯލްޑް ކަޕަށް ވެދާނެ ކަމަށް އޭނާ ވަނީ އިއުލާނުކޮށްފައެވެ. ޤަތަރުގެ މުބާރާތަކީ މެސީގެ ފަސް ވަނަ ވޯލްޑް ކަޕެވެ. މެސީ އަށް ވޯލްޑް ކަޕްގައި އެންމެ ދުރަށް ދެވުނީ 2014 ވަނަ އަހަރުއެވެ.