އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ނިއުޔޯކް ނިކްސްއާ ދެކޮޅަށް ކުޅުނު މެޗު ފީނިކްސް ސަންސްއިން ކާމިޔާބުކޮށްފިއެވެ.
މި މެޗް ސަންސް ކާމިޔާބުކޮށްފައިވަނީ 116 ޕޮއިންޓު 95 ޕޮއިންޓުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ސަންސްގެ ކެމެރަން ޕޭންވަނީ 21 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ 9 އެސިސްޓް ކޮށްފައެވެ. އަދި ނިކްސްގެ ޖަލެން ބްރަންސަންވަނީ 27 ޕޮއިންޓް ހޯދާދީ 3 ރީބައުންޑް ނަގާދީ 3 އެސިސްޓް ކޮށްފައެވެ.
މި މުބާރާތުގައި ވޮޝިންގޓަން ވިޒަޑްސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރި މެޗް 106 ޕޮއިންޓް 102 ޕޮއިންޓުން ކާމިޔާބުކުރީ ވިޒަޑްސްއެވެ. މި މެޗްގައި ވިޒަޑްސްގެ ކައިލް ކުޒްމާވަނީ 28 ޕޮއިންޓް ހޯދާދީ 10 ރީބައުންޑް ނަގާ 5 އެސިސްޓް ކޮށްފައެވެ. އަދި ހޯނެޓްސްއަށް އެންމެ ަރނގަޅު ކުޅުމެއް ދެއްކީ 24 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދިން ކެލީ އޮއުބްރޭ ޖޫނިއަރއެވެ.
މީގެއިތުރުން ކްލީވްލަންޑް ކެވެލިއަރސް އާއި މައޭމީ ހީޓް ބައްދަލުކުރިމެޗް 113 ޕޮއިންޓް 87 ޕޮއިންޓުން ކާމިޔާބުކުރީ ކެވެލިއަރސްެެއެވެ. މިމެޗްގައި ކެވެލިއަރސްގެ ސެޑީ އޮސްމަން ވަނީ 20 ޕޮއިންޓް ހޯދާދީ 12 ރީބައުންޑް ނަގާ 3 އެސިސްޓް ކޮށްފައެވެ. އަދި ހީޓްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 21 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގާދީ 3 އެސިސްޓް ކޮށްދިން ބޭމް އަޑެބަޔޯއެވެ.
މި މުބާރާތުގައި އެންމެފަހުގެ ޗެމްޕިއަން ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް 127 ޕޮއިންޓް 120 ޕޮއިންޓުން ވޮރިއަރސް ކާމިޔާބުކުރިއިރު ސެކްރެމެންޓޯ ކިންގްސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 137 ޕޮއިންޓް 129 ޕޮއިންޓުން ކާމިޔާބުކުރީ ކިންގްސްއެވެ.