ކުޅިވަރު

މޯލްޑިވްސް ޓެނިސް ޗެލެންޖުގައި ދިވެހި ކުޅުންތެރިން ރަނގަޅު ކާމިޔާބީތަކެއް


ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި މޯލްޑިވްސް ޓެނިސް ޗެލެންޖް 2022 ގައި ވާދަކުރި ދިވެހި އެތުލީޓުން ރަނގަޅު ނަތީޖާތަކެއް ހޯދައިފިއެވެ.

މާލޭގައި ކުރިއަށްދިޔަ މިމުބާރާތުގައި ޖުމްލަ ހަ ގައުމަކުން ބައިވެރިވިއެވެ. އެގޮތުން، މުބާރާތުގައި ބައިވެރިވި ގައުމުތަކަކީ ރާއްޖޭގެ އިތުރުން ބަހްރެއިނާއި، އޮމާން އާއި، ތައިލެންޑާއި، މެލޭޝިއާ އަދި ސްރީލަންކާއެވެ.

މި މަހުގެ 15 އިން 21 ގެ ނިޔަލަށް މާލޭގައި ކުރިޔަށްދިޔަ މި މުބާރާތުގައި އަރަމުން އަންނަ އުއްމީދީ ގިނަ ކުޅުންތެރިންތަކެއް ވަނީ ފެނިގެންގޮސްފައެވެ. މި މުބާރާތުގެ 12 އަހަރުން ދަށުގެ ފިރިހެން ސިންގަލް ޗެމްޕިއަނަކީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކޮށް ރަން މެޑަލް ހޯދި އާދަމް އާލް ނިޔާޒެވެ. އަދި 12 އަހަރުންދަށުގެ އުމުރުފުރައިން އަންހެން ޗެމްޕިއަނަކީ މެލޭޝިއާގެ އަދާނީ އަޒްހާރީ އެވެ.

މީގެއިތުރުން މޯލްޑިވްސް ޓެނިސް ޗެލެންޖުގެ 14 އަހަރުންދަށުގެ އުމުރުފުރައިން ފިރިހެން ސިންގަލް ޗެމްޕިއަނަކީ ދާވޫދް ޝަހީމްއެވެ. އަދި 14 އަހަރުން ދަށުގެ އުމުރުފުރައިން އަންހެން ޗެމްޕިއަނަކީ ނަޓްލާޖާ ސްޕްލޯ އޮކްތަނާއެވެ. މީގެ އިތުރުން މުބާރާތުގެ ވަކިވަކި ކެޓަގަރީތަކުން ރަނަރ-އަޕުންނަށް ވެސް ވަނީ މެޑައްޔާއި ހަނދާނީ ލިޔުން ދީފައެވެ.

މުބާރަތުގައި ތައިލެންޑްގެ މުބާރާތުން އެއްވަނަ އަދި ދެވަނައަށް ރޭންކު ކުރެވުނު ކުޅުންތެރިންގެ އިތުރުން މެލޭޝިޔާގެ 12 އަހަރުން ދަށުގެ އެއްވަނަ ހޯދި ކުޅުންތެރިޔާ ވެެސް ފެނިގެން ދިޔައެވެ.

މި މުބާރާތުގެ ރަންވަނަތައް ހޯދި ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ ކުޅުންތެރިން ހިމެނެއެވެ.މިއީ މާލޭގެ ޓެނިސް ކޯޓު އަޕްގްރޭޑް ކުރި ފަހުން ރާއްޖޭގައި ބޭއްވި ބައިނަލްއަޤްވާމީ ދެވަނަ ޓެނިސް މުބާރާތެވެ.