މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާއި އަޅާބަލާއިރު މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ދުބާއީގެ މައި އެއާޕޯޓަށް ފަސިންޖަރުންގެ އަންނާނެ ކަމަށް ލަފާކޮށްފައިވާ މިންވަރު 1.5 މިލިއަނުން 64.3 މިލިއަނަށް އިތުރުކޮށްފައިވާ ކަމަށް އެ އެއާޕޯޓްގެ ޗީފް އެގްޒެކްޓިވް އޮފިސަރ، ސީއީއޯ ޕޯލް ގްރިފިތްސް އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ ދަތުރުފަތުރުގެ ބޮޑު ހަބެއް ކަމަށްވާ ދުބާއީ އެއާޕޯޓުން ސެޕްޓެމްބަރު މަހު ގާތްގަނޑަކަށް 18.5 މިލިއަން ފަސިންޖަރުން ބެލެހެއްޓިކަމަށް ދައުލަތުގެ އޮޕަރޭޓަރު ދުބާއީ އެއާޕޯޓްސްގެ ސީއީއޯ ވިދާޅުވިއެވެ. އަދި އުންމީދު ކުރަނީ ތިން ވަނަ ކުއާޓަރަށްވުރެ ހަތަރު ވަނަ ކުއާޓަރުގައި ފަސިންޖަރުން އަންނަ މިންވަރު އިތުރުވާނެކަމަށްކަންވެސް ޕޯލް ވިދާޅުވިއެވެ. ސަބަބަކީ މިހާރު ފެންނަމުންދާ އަދަދުތައް ކުންފުނިން ލަފާކޮށްފައިވާ މިންވަރަށް ވުރެ އިތުރުވެފައިވާތީކަމަށްވެސް ޕޯލް ވިދާޅުވިއެވެ.
ތިން ވަނަ ކުއާޓަރުގައި ރަނގަޅު ކުރިއެރުމެއް ލިބިފައިވާތީ، މިއަހަރުގެ ޓްރެފިކް ފޯކަސްވެސް ވަނީ 62.4 މިލިއަނުން 62.8 މިލިއަނަށް އުފުލާފައެވެ.
ދުބާއީ އެއާޕޯޓަށް އަންނަ އަހަރު 77.8 މިލިއަން ފަސިންޖަރުން އަދި 2025 ވަނަ އަހަރު ގާތްގަނޑަކަށް 93.3 މިލިއަން ފަސިންޖަރުން އަންނާނެކަމަށް ގްރިފިތުސް ވިދާޅުވިއެވެ.
ކޯވިޑުގެ ބަލިމަޑުކަމަށްފަހު ދުބާއީގެ ދަތުރުފަތުރުކުރުމުގެ ސިނާއަތް އަންނަނީ ރަގަޅުވަމުންނެވެ. އަވަސް ވެކްސިން ޕްރޮގްރާމްގެ ސަބަބުން ގިނަ އެހެން ސިޓީތަކަށްވުރެ އަވަހަށް ދުބާއީގެ ސިޓީތައް ވަނީ ހުޅުވާފައެވެ. މީގެއިތުރުން ގަތަރުގައި މިހާރު ފެށިގެން ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ބަލަން ގިނަ ބަޔަކު ދަތުރުކުރުމަކީވެސް ދުބާއީ އެއާޕޯޓަށް ފަސިންޖަރުން އިތުރުވި އެއް ސަބަބެވެ.
ދުބާއީ އެއާޕޯޓުން ހިންގާ އަލް މަކްތޫމް އިންޓަނޭޝަނަލް އެއާޕޯޓް، ޑީޑަބްލިއުސީ އިން ދޯހާއަށް ދުވާލަކު ދިހަވަރަކަށް ފްލައިޓް ދުބާއީގެ ސަޕޯޓަރުން ގޮވައިގެން ދަތުރުކުރެއެވެ. ހަތަރު ވަނަ ކުއާޓަރުގައި ގާތްގަނޑަކަށް ބައި މިލިއަނަށް ފަސިންޖަރުން ލިބޭނެ ކަމަށްވެސް އެ އެއާޕޯޓުން ލަފާކުރެއެވެ.