މިހާރު ގަތަރުގައި ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ފައިނަލުގައި ސައުދީ އަރަބިއްޔާ އާއީ އާޖެންޓީނާ ވާދަކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ލަފާކުރައްވައިފިއެވެ.
ރޭ އާޖެންޓީނާ އާއީ މެކްސިކޯ ވާދަކުރި މެޗުގެ ޔެސް ޓީވީގެ ޕްރީޝޯގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ އެންމެ ދެކެން ބޭނުންވަނީ ސައުދީ އާޖެންޓީނާ ފައިނަލުގައި ވާދަކުރާތަން ކަމަށެވެ. 1986 އަހަރުން ފެށިގެން ނައިބް ރައީސް އަންނަނީ ވޯލްޑްކަޕް މެޗުތައް ފޯރިއާއެކު ބައްލަވަމުންނެވެ.
ރޭގެ މެޗުގެ ކުރިން އާޖެންޓީނާގެ ޖާޒީގައި ޔެސް ޓީވީގެ ސެޓުގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މެރެޑޯނާގެ ޖާދުގައި ޖެހި އާޖެންޓީނާގެ ސަޕޯޓުކުރަން ފެށި ކަމަށާއި އާޖެންޓީނާގެ ސަޕޯޓަރަކަށް ވިޔަސް އެދެނީ ފައިނަލުގައި ސައުދީއާ ވާދަކޮށް ކާމިޔާބު ހޯދަން ކަމަށެވެ. މުބާރާތުގައި މުޅިން އަލަށް އެހެން ބަޔަކަން މި ތަށި ލިބޭތަން ބައްލަވަން ބޭނުންފުޅުވާކަމަށް ނައިބް ރައީސް ވިދާޅުވިއެވެ. އަދި ޔެސްޓީވީ ކަވަރޭޖްގައި މައުލޫމާތު މުއްސަނދިކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މެޗެއް ފުރިހަމަވެގެން ދަނީ އެ މެޗަކާ ގުޅިގެން އަން ޕްރީޝޯގެ ސަބަބުން ކަމަށާއި މުބާރާތާ ގުޅުންހުރި ނޭގެ އެތަށް މައުލޫމާތުތައް އަމިއްލަފުޅަށް ވެސް އެނގިވަޑައިގެންފިކަމަށް ނައިބް ރައީސް ވިދާޅުވިއެވެ. ޔޭސް ޓީވީގެ ކަވަރޭޖްގައި ޒުވާން މޫނުތަކަށް ފުރުސަތުދިނުމުން ނައިބް ރާއިސް ވަނީ އެކަން ފާހަގަކުރައްވާފައެވެ.
މިފަހަރުގެ ޔެސްޓީވީގެ ކަވަރޭޖްގައި ވަނީ ޒުވާން އެނަލިސްޓުންގެ އިތުރުން ތަޖުރިބާކާރު އެނެލިސްޓުންނަށް ފުރުސަތު ދީފައެވެ. އަދި އަލަށް ތައާރަފްކުރި ޒުވާން އެނަލިސްޓުން އަންނަނީ އާއްމުންގެ ތެރޭގައި ބޮޑު މަގުބޫލްކަމެއް ހޯދަމުންނެވެ. ޔެސް ޓީވީ ވޯލްޑްކަޕް ކަވަރޭޖް މުޅި ރާއްޖެއިން ބޮޑު މަގުބޫލްކަމެއް ހޯދަމުންދާއިރު އާއްމު ތަންތަނުގައި ބަހައްޓާފައިވާ ބޮޑެތި ސްކްރީންތަކުގައި މެޗު ބަލަމުން ދަނީ ޔޭސްޓީވީ ކަވަރޭޖެވެ.