ކުޅިވަރު

އެމްބީއޭ ޗެމްޕިއަންޝިޕް: ޝީލްޑް ކެޓެގަރީގެ ޗެމްޕިއަންކަން ޓަލޮންސްއަށް


ރޯޔަލްސް ބަލިކޮށް އެމްބީއޭ ޗެމްޕިއަންޝިޕްގެ ޝީލްޑް ބައިގެ ޗެމްޕިއަންކަން ޓަލޮންސް ބާސްކެޓްބޯޅަ ކުލަބުން ހޯދައިފިއެވެ.

ޝީލްޑް ބައިގެ ފައިނަލުން ރޯޔަލްސް އާއި ޓަލޮންސް ޖާގަ ހޯދީ ތިންވަނަ ބުރުގެ ގަދަ ދެ ޓީމުގެ ގޮތުންނެވެ. ތިންވަނަ ބުރުގައި ތަލޮންސް އަތުން ރޯޔަލްސް މޮޅުވި ނަމަވެސް ފައިނަލުގައި ޓަލޮންސް ވަނީ ހަތް ޕޮއިންޓްގެ ތަފާތުން ރޯޔަލްސް ބަލިކޮށްފައެވެ. ފައިނަލް މެޗު ތަލޮންސްއިން ކާމިޔާބުކުރީ 93-86 ޕޮއިންޓުންނެވެ.

މި މެޗުގައި ޓަލޮންސްގެ އާލާން 25 ޕޮއިންޓް ސްކޯކުރިއިރު، ޖާސިމް ވަނީ 28 ޕޮއިންޓް ސްކޯކޮށްފައެވެ.

ރޯޔަލްސްއިން އެންމެ ރަނގަޅަށް ކުޅުނު މުޙައްމަދު އިޝްހާގު އަޙްމަދު 21 ޕޮއިންޓް ސްކޯކުރިއިރު، ކެޕްޓަން އަޙްމަދު ރައްޔާން އިބްރާހީމް 19 ޕޮއިންޓް ސްކޯކުރިއެވެ. އަދި އަލްދަން އައިކް ރަމީޒް 16 ޕޮއިންޓް ސްކޯކުރިއެވެ.

އެމްބީއޭ ޗެމްޕިއަންޝިޕްގެ ޝީލްޑް ބައިގައި ވާދަކުރީ ޓަލޮންސް އާއި ރޯޔަލްސްގެ އިތުރުން ހުޅުމާލެ ސްޕޯޓްސް ކުލަބާއި ސްޕާޓަންސް ބީސީ އަދި ޔޫއެން ފްރެންޑްސްއެވެ.

މިއީ ޒުވާން ކުޅުންތެރިންނަށް ގިނަ މެޗުތަކެއް ހޯދައިދިނުމުގެ ގޮތުން މި އަހަރު މުޅިން އަލަށް ތައާރަފުކުރި ކެޓަގަރީއެކެވެ.