ރަޝިޔާގެ އިންފްލޭޝަން ނިމުނު ނޮވެމްބަރު މަހު ދަށްވެއްޖެކަމަށް އެގައުމުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އިންފްލޭޝަން ދަށްވި ނަމަވެސް މަހުން މަހަށް ބަލާއިރު ކޮންސިއުމަރ އަގުތައް މައްޗަށް ގޮސްފައިވާ ކަމަށްހިސާބުތަކުން ދައްކައެވެ. ފެބްރުއަރީ 24 ވަނަ ދުވަހު ފެށި ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ރަޝިއާގެ އިންފްލޭޝަން ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ.
ރަޝިޔާއިން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި، ނޮވެމްބަރު މަހުގެ އިންފްލޭޝަން ވަނީ %11.98[އަށް ދަށްވެފައެވެ. ނަމަވެސް މީގެ މަހެއްހާ ދުވަސް ކުރިން ރަޝިއާގެ އިންފްލޭޝަން ވަނީ %12 ގައެވެ. ބޭންކް އޮފް ރަޝިޔާއިން ވަނީ އެގައުމުގެ އިންފްލޭޝަން %4އަށް ދަށްކުރުމަށް އަމާޒު ހިފާފައެވެ.
މަހުން މަހަށް ބަލާއިރު ކޮންސިއުމަރ ޕްރައިސް އިންޑެކްސް، ސީޕީއައި ވަނީ %0.37 އަށް އިތުރުވެފައެވެ. މި އަދަދު އޮކްޓޯބަރު މަހު ހުރީ %0.18 ގައެވެ. މާރޗް މަހުގެ އިންޑެކްސް %7.61 އިތުރުވެފައިވާއިރު، މިއީ 1999 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުން މަހުން މަހަށް ބަލާއިރު ބޮޑު ކުރިއެރުމެކެވެ.
މަރުކަޒީ ބޭންކުން، މި ޑިސެމްބަރު 16 ވަނަ ދުވަހު ކީ ރޭޓް %7.5 ގައި ހިފަހައްޓާނެ ކަމަށް މާހިރުން ލަފާކުރެއެވެ. ނަމަވެސް މިވަގުތު އިންފްލޭޝަން ދަށްވެފައި އޮތުމުން ރޭޓް ބަދަލު ކުރުމުގެ އަވަސް ބޭނުމެއް ނެތްކަމަށް އެސްބީސީއައިބީ އިންވެސްޓްމަންޓް ރިސާޗްގެ ސީނިއާ ޑެޓް މާކެޓް ސްޓްރެޓެޖިސްޓް އިގޯރ ރަޕޮކިން ވިދާޅުވިއެވެ.
އަލްފާ ކެޕިޓަލްގެ އެނަލިސްޓް އެލެގްޒެންޑަރ ޑިޒިއޯއެވް އެއްބަސްވާ ގޮތުގައި މަރުކަޒީ ބޭންކުން ރޭޓްތައް ހިފެހެއްޓުން އެކަށީގެންވާ ކަމަށާއި، ނަމަވެސް އިންފްލޭޝަނަށް ލުއި ލިބުމާއި، ކޮންސިއުމަރ ޑިމާންޑަށް ތާއީދު ކުރަން ޖެހޭތީ 25-50 ގެ ބެސިސް ޕޮއިންޓް ދަށްކުރުމަށް ވިސްނާފާނެއެވެ.