ޚަބަރު

ސިހުރާއި ގުޅުންހުރި މައްސަލައެއްގައި ނޮޅިވަރަންފަރު ސަހަރާ ބަލައިފާސްކޮށްފި


ފުލުހުންނަށް ހުށައަޅަފައިވާ މައްސަލައަކާއި ގުޅިގެން ރޭ ނޮޅިވަރަންފަރު ސަހަރާ ބަލާ ފާސްކޮށްފިއެވެ.

ފުލުހުންގެ ވިދާޅުވީ އެއިދާރާއަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ރޭ ނޮޅިވަރަމްފަރު ސަރަހާ ބަލައި ފާސްކޮށްފައިވާކަމަށެވެ. ނަމަވެސް ސަހަރާ ބަލައި ފާސްކުރި ސަބަބެއް ފުލުހުން ވިދާޅެއް ނުވެއެވެ.

މިކަމާއި ގުޅޭގޮތުން ނޮޅިވަރަމްފަރު ކައުންސިލް ރައީސް އަބްދުﷲ ނަދީމް ވިދާޅުވީ ރޭ ފުލުހުންނާއި އާންމުގެ ބަޔަކާއި ގުޅިގެން އެރަށު ސަރަހާކޮނެ ބަލައި ފާސްކޮށްފައިވަކަމަށެވެ. ސަހަރާއަކީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތްތަނެއް ނަމަވެސް ސަރަހާ ބަލާ ފާސްކުރުމުގައި ކައުންސިލްގެ ހުއްދައެއް ހޯދާފައި ނުވާކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

ފުލުހުންނާއި އާންމުންގެ ބަޔަކާއި ގުޅިގެން ސަހަރާ ބަލާ ފާސްކޮށްފައިވަނީ ފުލުހުންނަށް ހުށައަޅާފައިވާ ސިހުރުގެ މައްސަލައަކާއި ގުޅިގެންކަމަށް މައުލޫމާތު ލިބިފައިވާކަމަށް ނޮޅިވަރަންފަރު ކައުންސިލް ރައީސް ވިދާޅުވިއެވެ.