ޚަބަރު

264 ފުޅި ބަނގުރަލާއެކު 2 މީހަކު ހައްޔަރުކޮށްފި


ގިނަ ޢަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ދެ މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިއީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލެ ސިޓީގައި ރޭ ހިންގި އޮޕަރޭޝަނެއްކަމަށެވެ. މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ދެ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ 32 އަހަރުގެ ދިވެހި ދެ ފިރިހެނުންކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އެ މީހުން ދުއްވި ކާރު ސިނަމާލެ ބްރިޖުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު 264 ފުޅި ބަނގުރާ ފެނުމާ ގުޅިގެންނެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން ވިދާޅުވިއެވެ.