ދުނިޔޭގެ ވިޔަފާރި

މަހިންދްރާ އިން އިންޑިއާގައި އިލެކްޓްރިކް ވެހިކަލް އުފައްދަނީ


އިންޑިއާގެ ޕޫނޭގައި އިލްކެޓްރިކް ވެހިކަލް އުފައްދާ ކާރުޚާނާއެއް އުފައްދަން 1.21 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރަން ނިންމާފައިވާ ކަމަށް އިންޑިއާގެ އޮޓޯ ކުންފުނި މަހިންދްރާ އެންޑް މަހިންދްރާ ލިމިޓެޑުން ބުނެފިއެވެ.

މިއިންވެސްޓްމެންޓް ކުރުމަށް އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓް ސަރުކާރުގެ ހުއްދަ ލިބިފައިވާ ކަމަށް މަހިންދްރާ އިން ބުނެއެވެ. އަދި މި ހުއްދަ 7 އަހަރާއި 8 އަހަރާއި ދެމެދުގެ މުއްދަތަކަށް އޮންނާނެ ކަމަށްވެސް މަހިންދްރާއިން ބުނެއެވެ.

ސްޕޯޓްސް ޔުޓިލިޓީ ވެހިކަލް، އެސްޔޫވީ އާއި ޖީޕް އުފައްދަން މަޝްހޫރު މަހިންދްރާގެ އައު ކާރުޚާނާއިން އުފައްދާނީ ބޯން އިލެކްޓްރިކް ވެހިކަލްސް، ބީއީވީސް ރޭންޖްގައި ހިމެނޭ އެ ކުންފުނީގެ މަޝްހޫރު އެސްޔޫވީ، އެކްސްޔޫވީ 700 ގެ އީވީ ވައްތަރެވެ.

މަހިންދްރާގެ ފުރަތަމަ އިލެކްޓްރިކް އެސްޔޫވީ ވިއްކަން ފަށާނެ ކަމަށް ބެލެވެނީ އަންނަ ޖެނުއަރީ މަހުއެވެ. މަހިންދްރާއިން އޮގަސްޓް މަހު ވޯކްސްވޭގަން ގްރޫޕާއި ގުޅުން ރަނގަޅުކޮށް، އެ ގްރޫޕުގެ ދަށުން ޖަރުމަނުގެ ކާރު އުފައްދާ ކުންފުނިން އިންޑިއާއަށް އިލެކްޓްރިކް ކޮމްޕޯނެންޓްތައް ސަޕްލައި ކުރާނެއެވެ.

މަހިންދްރާގެ އާ ކާރުހާނާ ހުންނާނީ އިންޑިއާގެ އެންމެ ދުވަސްވީ އޮޓޯ އުފައްދާ އެއް ހަބްގައި ކަމަށްވާއިރު، އެ ހަބްގައި ވޯކްސްވޭގަން އާއި މަސެޑީސް ބެންޒްގެ އިތުރުން ބަޖާޖް އޮޓޯ އާއި ހީރޯ މޮޓޯކޯޕް ފަދަ ކުންފުނިތަކުންގެ އުފެއްދުންތައް ވަނީ އުފައްދާފައެވެ
އިންޑިއާގެ ކާރު މާކެޓަކީ އެ ގައުމުގެ އާބާދީއާއި އަޅާބަލާއިރު ކުޑަ މާކެޓެކެވެ. އަދި އަހަރަކު ގާތްގަޑަކަށް ތިން މިލިއަން ކާރު އިންޑިއާގައި ވިއްކާއިރު އޭގެތެރެއިން އެއް ޕަސެންޓަކީ އިލެކްޓްރިކް މޮޑެލްތަކެވެ. ނަމަވެސް އިންޑިއާ ސަރުކާރުން ބޭނުންވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް އިލެކްޓްރިކް ވެހިކަލް ވިއްކާ މިންވަރު %30 އަށް އިތުރުކުރުމަށެވެ.

އާ ކާރުޚާނާގެ ސަބަބުން އިންޑިއާގެ ނެކްސަން އެސްޔޫވީ އާއި ޓިގޯ ހެޗްބެކްގެ އިލެކްޓްރިކް މޮޑެލްތައް އުފައްދާ އިންޑިއާގެ އީވީ މާކެޓްގައި އެންމެ ހިނގާ ކުންފުނި ކަމަށްވާ، ޓާޓާ މޮޓޯސްއާއި އެއްވަރަށް ނުވަތަ އެއަށް ވުރެ ބޮޑަށް މާކެޓްގައި މަހިންދްރާ އަށް ފައިތިލަ ސާބިތުކޮށްލެވޭނެއެވެ.

ޕްރައިވެޓް އިކުއިޓީ ކުންފުނި، ޓީޕީޖީން އިންވެސްޓްކޮށްފައިވާ ޓާޓާގެ އީވީ ޔުނިޓްގެ އަގު 9 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

އިނގިރޭސި އިންޓަނޭޝަނަލް އިންވެސްޓްމަންޓުން ފުރަތަމަ އިންވެސްޓްމަންޓަށް ފަހު ޖުލައި މަހު ވެސް ނުވަ ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާ އާ އީވީ ޔުނިޓަށް 250 މިލިއަން އެމެރިކާ ޑޮލަރާއި 500 މިލިއަން އެމެރިކާ ޑޮލަރާއި ދެމެދުގެ އަދަދެއް ހޯދުމަށް ޓެކްނޮލޮޖީ ޓު ޓްރެކްޓަރސް މަހިންދްރާ ގްރޫޕުން އަންނަނީ ބޭރުގެ އިންވެސްޓަރުންނާއި މަޝްވަރާ ކުރަމުންނެވެ.

.