މެކްސިކޯގެ އިންޓަރެސްޓް ރޭޓު ރެކޯޑު ޢަދަދެއް ކަމަށްވާ %10.50 އަށް ބޭންކް އޮފް މެކްސިކޯއިން މަތިކޮށްފިއެވެ.
މި ފިޔަވަޅު އަޅާފައިވަނީ އެމެރިކާގެ ފެޑެރަލް ރިޒާވުން ބުދަ ދުވަހު ބެންޗްމާކް އިންޓަރެސްޓް ރޭޓް 50 ބެސިސް ޕޮއިންޓް މަތިކޮށްފައި ވަނިކޮށެވެ. ބޭންކުގެ 5 ބޯޑު މެމްބަރުންގެ ތެރެއިން 4 މެމްބަރުން 50 ޕަސެންޓް ޕޮއިންޓް ބޮޑުކުރުމަށް ތާއީދުކޮށް ވޯޓު ދިންއިރު، ބޯޑު މެމްބަރު ޖެރާޑޯ އެސްކިވެލް ވަނީ 25 ބޭސިސް ޕޮއިންޓް އިތުރުކުރުމަށް ވޯޓު ދީފައެވެ.
"ބޯޑުން ދެކޭ ގޮތުގައި ދެން އޮންނަ މަނިޓަރީ ޕޮލިސީ ބައްދަލުވުމުގައި އަދިވެސް ރެފަރެންސް ރޭޓް މަތިކުރަން ޖެހޭނެ،" މަރުކަޒީ ބޭންކުން ބުނެއެވެ. އަދި އޭގެ ފަހުން ރެފަރެންސް ރޭޓް އިތުރަށް އެޑްޖަސްޓް ކުރަން ޖެހޭތޯ ބެލުމުގެ އިތުރުން މިހާރު ހުރި ހާލަތަށް ބަލައިގެން އެޑްޖަސްޓް ކުރުމުގެ ދުވެލި ވެސް ވަޒަން ކުރާނެ ކަމަށް ބޭންކު އިފް މެކްސިކޯ އިން ބުންޏެވެ.
ސެޕްޓެމްބަރު ވަރަށް ބޮޑަށް މައްޗަށް ދިޔަ ފަހުން ނޮވެމްބަރު މަހު މެކްސިކޯގެ އިންފްލޭޝަން ވަނީ %7.8 އަށް ދަށްވެފައެވެ. މިއީ މެއި މަހުގެ ފަހުން އެންމެ ދަށް މިންވަރެވެ.
ބޭންކު އޮފް މެކްސިކޯ އިން އިންފްލޭޝަން ރޭޓު %3 އަށް ގެންދިއުމަށް ނުވަތަ މައިންސް އެއް ޕަސެންޓް ޕޮއިންޓަށް ގެންދިއުމަށް މަސައްކަތް ކުރި ނަމަވެސް، ކާބޯތަކެއްޗާއި ހަކަތަގެ ބައެއް އުފުލިފައިވާ އަގުތައް ނުހިމަނައި އަހަރީ ކޯ އިންފްލޭޝަން %8.51 އަށް ވަނީ އިތުރުވެފައެވެ. މިއީ މެކްސިކޯގެ މާލީ ސިޔާސަތު އިތުރަށް ހަރުކަށިވުމުގެ ނިޝާނެކެވެ.
މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ބޭންކު އޮފް މެކްސިކޯގެ ބެންޗްމާކް 650 ބޭސިސް ޕޮއިންޓް މަތިކުރި ނަމަވެސް، މާލީ ސިޔާސަތު ހަރުކަށިކުރުމުގެ ސައިކަލް ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ ކަމަށް އެ ބޭންކުގެ ބަޔާނުގައި ބުނެފައިވާ ކަމަށް ކެޕިޓަލް އިކޮނޮމިކްސްގެ އިސް އިމަރޖިންގ މާކެޓްސް އިކޮނޮމިސްޓް ޖޭސަން ޓޫވީ ވިދާޅުވިއެވެ.
ކްރެޑިޓް ރޭޓިން އޭޖެންސީ އެއް ކަމަށްވާ ފިޗް ރޭޓިންގްސް އިން ލަފާކުރާ ގޮތުގައި އަންނަ އަހަރު ބެންޗްމާކް ރޭޓް އެންމެ މައްޗަށް އަރާނީ %11 އަށެވެ. 2024 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރުގައި އިންފްލޭޝަން %3 ގެ އަމާޒަށް ވާސިލްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބޭންކް އޮފް މެކްސިކޯ އިން ވަނީ ބުނެފައެވެ.