ކުޅިވަރު

31 އަހަރަށްފަހު ކަލިއަރީގެ ކޯޗަކަށް އަނެއްކާވެސް ރަނިއޭރީ


އިޓަލީގެ ދެވަނަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ ކަލިއަރީގެ ކޯޗުގެ މަގާމަށް 31 އަހަރަށްފަހު އަނެއްކާވެސް ކްލައުޑިއޯ ރަނިއޭރީ ހަމަޖައްސައިފިއެވެ.

ރަނިއޭރީ ކަލިއަރީގެ ކޯޗްކަން އެންމެ ފުރަތަމަ ކޮށްފައިވަނީ 1988 ވަނަ އަހަރުއެވެ.

ރަނިއޭރީގެ ކޯޗްކަމުގައި ކަގްލިއާރިވަނީ ސެރީ ސީއިން ސެރީއާއަށް ޕްރޮމޮޓް ވެގެން ގޮސްފައެވެ. މައުލޫމާތުލިބިފައިވާގޮތުގައި ރަނިއޭރީވަނީ އެކްލަބާއި އެކު 2025 ވަނަ އަހަރުގެ ނިޔަލަށް އެކްލަބާއި އެކު ހުރިމަށް އެއްބަސްވެ ސޮއިކޮށްފައެވެ. މިއީ ވޮޓްފަޑްގެ ކޯޗް ކަމުން ވަކިކުރިފަހުން އޭނާ ހަވާލުވާ ފުރަތަމަ ޓީމެވެ. އުމުރުން 71 އަހަރުގެ ރަނިއޭރީ ހާމަކުރިގޮތުގައި އޭނާ އަލުން އެނބުރި ކަގްލިއާރީ އަށް ދަނީއެވެ. މިއީ އޭނާ އަބަދުވެސް ކުރައް ބޭނުންވި ކަމެއް ކަމަށާއި މީގެ 31 އަހަރު ކުރިން ކަގްލިއާރީ ދޫކޮށް ދިޔައިރުވެސް މިކަން ކުރަން ބޭނުންކަން ހާމަކޮށްފައިވާނެކަމަށް ރަނިއޭރީ ހާމަކުރިއެވެ.

ރަނިއޭރީ މިމަގާމަށް ހަމަޖައްސާފައިވަނީ އެކްލަބްގެ ކޯޗް ފަބިއޯ ލިވެރާނީ މިދިޔަ ހަފްތާގައި މަގާމުން ވަކިކުރުމަށްފަހުއެވެ. މިވަގުތު ކަގްލިއާރީ އޮތީ ސެރީ ބީގެ 14 ވަނައިގައެވެ. ރަނިއޭރީ ހާމަކުރިގޮތުގައި ކަގްލިއާރީގައި އޭނާ ހޭދަކުރި ތިން އަހަރަކީ އޭނާއަށް މިދާއިރާއިން ކުރިއަށް ދެވިދާނެކަން ހާމަވެގެންދިޔަ ކަމެއް ކަމަށެވެ. އަދި ކްލަބްގެ ކުޅުންތެރިންނާއި ވެރިންނާއި އަދި ސަޕޯޓަރުން އެކަތިގަނދެއްގެގޮތުގައި މަސައްކަތް ކުރެވުނު ތިން އަހަރު ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.

ރަނިއޭރީ ހާމަކުރިގޮތުގައި އޭނާގެ ވިސްނިމުނަށް އެއްވެސް ބަދަލެއް ނާންނަކަމަށާއި މިނަމަވެސް އޭނާގެ އެކަނި މަސައްކަތުން މިޓީމް އަލުން ކުރީގެ އުސްމިއްތަކަށް ނުގެންދެވޭނެކަމަށާި އެކަމަށް އެއްމެންގެ ބައިވެރިވުން ބޭނުންވާނެކަމަށެވެ. މިގޮތުން ޓީމްގެ ކުޅުންތެރިންނާއި މެނޭޖްމަންޓުން އިތުރަސް މަސައްކަތް ކުރުމުގެ އިތުރުން ކްލަބްގެ ސަޕޯޓަރުން ޓީމަށް ހިތްވަރު ދިނުމުގައި މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭނެކަމަށް އޭނާ ހާމަކުރިއެވެ.