ދުނިޔެ ދުއް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލްކުރާ އާޖެންޓީނާގެ ލިއޮނެލް މެސީ އާއެކު އެއް ޓީމަކަށް ކުޅެލަން ލިބުމަކީ ކޮންމެ ފޯވަޑަކުވެސް ބޭނުންވާނެކަމެއް ކަމަށް ތަޖްރިބާކާރު ފޯވަޑް ރޮބަޓް ލެވަންޑޯސްކީ ހާމަކޮށްފިއެވެ.
އޭނާ މިކަން ހާމަކޮށްފައިވަނީ މެސީ އެނބުރި ބާސެލޯނާއަށް ގެންދިއުމުގެ ވާހަކަ ކޮންމެވެސް ވަރަކަށް ފެތުރިފައިވުމާއި ގުޅިގެން ނޫސްވެރިން އޭނާ އާއި ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
ލެވަންޑޯސްކި އަކީ މިވަގުތު ބާސާގެ އެންމެ ކުރީގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުންދާ ކުޅުންތެރިޔާ އެވެ. ރިޓަޔަރ ކުރުމުގެ ކުރިން މެސީ އާއި އެއް ޓީމަކަށް ކުލެލަން ބޭނުންތޯ ސުވާލު ކުރުމުން ލެވަންޑޯސްކީ ހާމަކުރިގޮތުގައި އެއީ އޭނާގެ އަތްމަތީ އޮތް ކަމެއް ނޫންކަމަށެވެ. އަދި މެސީ މިހާރު ކުޅޭ ގޮތަށް ބަލާއިރު އޭނާ އާއި އެކު އެއް ޓީމަކަށް ކުޅުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ކޮންމެ ފޯވަޑަކުވެސް ބޭނުންވާނެކަމެއް ކަމަށް ލެވަންޑޯސްކީ ހާމަކުރިއެވެ.
ލެވަންޑޯސްކީ ހާމަކުރިގޮތުގައި މެސީ އަކީ ފޯވަޑެއް ނަމަވެސް މިހާރު ބޮޑަށް ކުޅެނީ ޕްލޭ މޭކަރެއްގެ ދައުރު ކަމަށާއި އޭނާ ލަނޑުޖަހާ ވަރަށް ޓީމްގެ އެހެން ކުޅުންތެރިންނަށް ލަނޑު ޖަހާނެ ފުރުސަތު ތަނަވަސްކޮށްދޭ ކަމަށެވެ. އެހެންކަމުން މިއީ ކޮންމެ ފޯވަޑަކަށްވެސް ލިބިގެންދާނެ އުފަލެއް ކަމަށް އޭނާ ހާމަކުރިއެވެ.
ވާލްޑްކަޕްގެ ތައްޓާއެކު އަށްވަނަ ބެލޮންޑިއޯގެ އެވޯޑް ލިބުމުގެ ފުރުސަތު އެންމެ ބޮޑީ މެސީއަށް ކަމަށްވެސް ލެވަންޑޯސްކީ ހާމަކުރިއެވެ. ލެވަންޑޯސްކީ ހާމަކުރިގޮތުގައި ކްލަބް ތަށި ކޮންމެ އަހަރަކުވެސް ލިބޭ ކަމަށާއި ނަމަވެސް ވާރލްޑް ކަޕްގެ ތައްޓަކީ ކޮންމެ ހަތަރު އަހަރުން އެއް ފަހަރު ލިބޭ އެއްޗެއް ކަމުން އެތައްޓާއެކު އެ އެވާރޑަށް ލިބޭ ފުރުސަތު ބޮޑު ވެގެންދާކަމަށެވެ.