ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ބީޗް ވޮލީ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ބީޗް ވޮލީ ފިރިހެން ޓީމް ބަނގްލަދޭޝް އަށް ފުރައިފިއެވެ.
ޑާކާ ގައި މި މަހުގެ 28 އިން 30 ގެ ނިޔަލަށް މުބާރާތުގައި ވާދަކުރާ މުބާރާތުގައި ހިމެނޭ ދިވެހި ކުޅުންތެރިންނަކީ އިސްމާއިލް ސާޖިދު، އާދަމް ނަސީމް، ޝަމާއިލް ހުސައިން އަދި އަހްމަދު މުހައްމަދު ހިމެނޭ ހެން ޓީމްގެ އޮފިޝަލުންނާއި، ރެފްރީއެއްގެ އިތުރުން ވޮލީބޯޅަ އެސޯސިއޭޝަން ގެ އެކްސްކޯ މެމްބަރަކު މި ދަތުރުގައި ބައިވެރިވާނެކަމަށް މަޢުލޫމާތު ލިބެއެވެ.
މީގެ ކުރިން 2019 ވަނަ އަހަރު ބޭއްވުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކޮށް ރާއްޖޭގެ ޓީމުން ރިހި މެޑަލްވެސް ވަނީ ހޯދައިފަ އެވެ. އަދި މިއަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށް ގެންދިޔަ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ޕެއަރ އެއްގޮތުގައި އާދަމް ނަސީމް އަދި އިސްމާއިލް ސާޖިދު ވާދަކޮށް މޮޅު ކުޅުމެއް ވަނީ ދައްކައިފައެވެ.
ބްރެޒިލްގެ ކޯޗް ވިނީޝިއަސް ގެ ބެލުމުގެ ދަށުން ޤައުމީ ބީޗްވޮލީ ތަމްރީނުވަމުން އަންނަތާ ދެ އަހަރު ދުވަހާއި ގާތްވެފައިވާއިރު ފާއިތުވެ މުބާރާތްތަކުގައި ޤައުމީ ފިރިހެން ބީޗްވޮލީ ޓީމު މޮޅު ކުޅުމެއް ދައްކަމުން އަންނަކަން ފާހަގަކުރެވެއެވެ.