ދުނިޔޭގެ ވިޔަފާރި

މެކްސިކޯގައި އިންފްލޭޝަން މައްޗަށްދާނެކަމަށް ލަފާކޮށްފި


މެކްސިކޯގައި އިންފްލޭޝަން ވިދިވިދިގެން ދެ މަސް ދުވަހުގެ ދަށްވެފައި އޮތުމަށް ފަހު ޑިސެމްބަރުމަހު މަތިވެދާނެކަމަށް ރޮއިޓާސް ނޫހުން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

ދިރާސާކުރާ 11 ފަރާތަކުން ކުރި މި ދިރާސާގެ މީޑިއަން ފޯކަސްޓުން ދައްކާ ގޮތުގައި ޑިސެމްބަރުމަހު އަހަރީ އިންފްލޭޝަން %7.85 އަށް އަރާއިރު، ނޮވެމްބަރު މަހު އިންފްލޭޝަން %7.80 އަށްވުރެ މަތިވި ނަމަވެސް އަދިވެސް އޮތީ އޮގަސްޓް އަދި ސެޕްޓެމްބަރުމަހު %8.70 ގެ ރެކޯޑަށްވުރެ ދަށުގައެވެ.

ޑިސެމްބަރު މަހުގެ އިންފްލޭޝަން މަތިވެފައި ވަނީ ކާބޯތަކެތީގެ ބާވަތްތަކާއި ކާބޮނޭޓަޑް ބުއިންތަކުގެ އަގު އުފުލިފައިވާ ވުމުންކަމަށް އެ ދިރާސާއިން ދައްކައެވެ.

ބޭންކް އޮފް މެކްސިކޯއިން 2021 ވަނަ އަހަރުގެ ޖޫންމަހު ފެށި މިހާރު ހިނގަމުންދާ ހައިކިންގ ސައިކަލްގައި ކީ ލޯންޑިންގ ރޭޓް 650 ބެސިސް ޕޮއިންޓް %10.50 އަށް މަތިކޮށްފައިވަނީ އެ ބޭންކުން އަމާޒު ހިފާފައިވާ އިންފްލޭޝަން ރޭޓު ކަމަށްވާ، %3 އަށް ވުރެ މަތިވުމުންނެވެ. މެކްސިކޯގެ މަރުކަޒީ ބޭންކު ނުވަތަ ބެންކްސިކޯއިން ވިސްނަމުންދަނީ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު ބާއްވާ ދެން އޮންނަ މާލީ ޕޮލިސީ ކަނޑައަޅާ ބައްދަލުވުމުގައި އިންޓަރެސްޓް ރޭޓް މަތިކުރުމަށެވެ.

ތަކެތީގެ އަގު އުފުލުން ކޮންޓްރޯލު ކުރުމަށް ސަރުކާރުން ވަނީ ގިނަ އަދަދެއްގެ މުދަލުން އިމްޕޯޓް ޓެކްސް ވަގުތީ ގޮތުން ކަނޑާލުމަށް އާ ގަރާރެއް ނެރޭނެކަމަށް ހުކުރު ދުވަހު އިއުލާންކޮށްފައެވެ. މީގެ އިތުރުން، އަހަރީ ކޯ އިންފްލޭޝަން ޑިސެމްބަރު މަހު %8.35 އަށް އަރާނެކަމަށް އެ ދިރާސާއިން ލަފާކުރެއެވެ.

މި އަދަދު ނޮވެމްބަރުމަހު ހުރީ ވޭތުވެދިޔަ ދެ ގަރުނުގައިވެސް އިންފްލޭޝަން މައްޗަށް ނުދާ ވަރަށް މަތިވެފައެވެ. ނޮވެމްބަރުމަހުގެ އިންފްލޭޝަން ހުރީ 8.51 އިންސައްތައިގައެވެ.

ޑިސެމްބަރުމަހު އެކަނިވެސް ކޮންސިއުމަރ އަގުތައް އޭގެ ކުރީ މަހާއި އަޅާބަލާއިރު %0.42 އުފުލޭނެކަމަށް ދިރާސާއިން ލަފާކުރެއެވެ. މެކްސިކޯގެ ސްޓެޓިސްޓިކްސް އިންސްޓިޓިއުޓުން ޑިސެމްބަރުމަހުގެ އިންފްލޭޝަން ހިސާބުތައް އާންމުކުރަން ހަމަޖެހިފައި ވަނީ މިއަދުއެވެ.