ދުނިޔޭގެ ވިޔަފާރި

ސައޫދީގެ އިންފްލޭޝަން މައްޗަށް!


ސައޫދީ އަރަބިއްޔާގެ އަހަރީ އިންފްލޭޝަން ޑިސެމްބަރުމަހު %3.3 އަށް އުފުލިފައިވާކަމަށް އެ ގައުމުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ނޮވެމްބަރުމަހު އިންފްލޭޝަން ހުރީ %2.9 ގައެވެ. ޑިސެމްބަރު މަހުގެ އިންފްލޭޝަން މަތިވެފައި ވަނީ މައިގަނޑު ގޮތެއްގައި ބޯހިޔާވަހިކަމުގެ އަގު އުފުލުމުންކަމަށް ހިސާބުތަކުން ދައްކައެވެ.
ސައުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ ފޯ ސްޓެޓިސްޓިކްސްއިން ބުނި ގޮތުގައި ޑިސެމްބަރުމަހު %0.3 އަށް އަގުތައް އުފުލިފައިވާއިރު، ނޮވެމްބަރު މަހުގެ އަގުތައް ވަނީ %0.1 އަށް އުފުލިފައެވެ.
ބޯހިޔާވަހިކަމާއި ފެނާއި ކަރަންޓާއި ގޭހާއި އެހެނިހެން ފިއުލްގެ އަގު ވަނީ 5.9% އަށް ޑިސެމްބަރުމަހު އިތުރުވެފައިވާއިރު، މިއީ ނޮވެމްބަރު މަހާއި އަޅާބަލާއިރު %0.9 އިތުރު އަދަދެކެވެ.

ސްޓެޓިސްޓިކްސް އޮތޯރިޓީ އިން ބުނިގޮތުގައި މި މަތިވުމަކީ ބޯހިޔާވަހިކަމުގެ ކުލި %1.1 އަށް އިތުރުވުމުގެ ސަބަބުން މަތިވި މަތިވުމެކެވެ.

މިދިޔަ އަހަރުގެ ބޮޑު ބައެއްގައި އިންފްލޭޝަން މައްޗަށް ދިއުމުގެ މައިގަނޑު އެއް ސަބަބު ކަމަށްވާ ކާބޯތަކެތީގެ އަގުތައް %0.1 އަށް ތިރިވި ނަމަވެސް، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި އަޅާބަލާއިރު މިއީ އަދިވެސް %4.2 މަތީ އަދެކެވެ.

"މިދިޔަ އަހަރުގެ އަހަރީ ކޮންސިއުމަރ ޕްރައިސް އިންޑެކްސް 2021 ވަނަ އަހަރާއި އަޅާބަލާއިރު %2.5 އިތުރުވެފައިވާއިރު، މި ކަމަށް މައިގަނޑު ގޮތެއްގައި އަސަރުކޮށްފައިވަނީ ކާބޯތަކެތީގެ އަގު %3.7 އަދި ދަތުރުފަތުރުގެ އަގު %4.1 އިތުރުވުމުން،" ޖެނެރަލް އޮތޯރިޓީ ފޯ ސްޓެޓިސްޓިކްސް އިން ނެރުނު ވަކި ރިޕޯޓެއްގައި ބުނެފައިވެއެވެ.

މިދިޔަ އަހަރު ބޯހިޔާވަހިކަމުގެ ކެޓަގަރީ %1.8 އަށް އިތުރުވެފައިވާއިރު، މިއީ މައިގަނޑު ގޮތެއްގައި ބޯހިޔާވަހިކަމުގެ ކުލި %2.0 އިތުރުވުމުން ދިމާވި ކަމެއްކަމަށް އެ އޮތޯރިޓީން ބުނެއެވެ.
ސައޫދީގެ މާލީ ވުޒާރާއިން މިއަހަރުގެ އަހަރުގެ ބަޖެޓް ބަޔާނުގައި ބުނެފައި ބުނެފައިވާ ގޮތުގައި 2022 ވަނަ އަހަރު ނިމޭއިރު އެވްރެޖްކޮށް އިންފްލޭޝަން ރޭޓް %2.6 އަށް އަރާނެއެވެ.