ދުނިޔޭގެ ވިޔަފާރި

މިއަހަރު ދިހަ މިލިއަން ވެހިކަލް އުފެއްދިދާނެ ކަމަށް ޓޮޔޯޓާއިން ބުނެފި


މިއަހަރު ތެރޭގައި 10.6 މިލިއަން ވެހިކަލް އުފެއްދުމުގެ ޤާބިލްކަން އެބަހުރި ކަމަށް ޖަޕާނުގެ އޮޓޯ އުފައްދާ ކުންފުނި ޓޮޔޯޓޯ މޮޓޯ އިން ބުނެފިއެވެ.

ޓޮޔޯޓާ އިން މިގޮތަށް ބުނި ނަމަވެސް ސަޕްލައި ލިބުން ދަތިވުމާއި ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ލިބޭ ގެއްލުންތަކާއި ހެދި މިއަށްވުރެ މަދުން އުފެއްދުން އެކަށީގެންވާ ކަމަށް އެކުންފުނިން ބުނެއެވެ.

ޓޮޔޯޓާއިން ބުނިގޮތުގައި ޗިޕް ލިބުން ދަތިވުމާއި ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުންނާއި އެނޫންވެސް އެފަދަ ކަންތައްތަކާއިހެދި ވެހިކަލް އުފެއްދުން %10 އަށް ދަށްވެދާނެ ކަމަށާއި މިއީ މިއަހަރަށް ވެހިކަލް އުފައްދަން އަމާޒު ހިފާފައިވާ އަދަދެއް ނޫން ކަމަށްވެސް ޓޮޔޯޓާ އިން ބުނެއެވެ.

ޓޮޔޯޓާއިން މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް ކުރިއަށްދާ މި މާލީ އަހަރަށް 9.2 މިލިއަން އުޅަނދު އުފެއްދޭ ކަމަށް މިދިޔަ މަހު ލަފާކޮށްފައިވާ ލަފާކުރުންވަނީ ދަމަހައްޓާފައެވެ. މިހިނގާ މާލީ އަހަރު 9.7 މިލިއަން ވެހިކަލް އުފެއްދޭނެ ކަމަށް މީގެކުރިން ލަފާކޮށްފައި އޮތް ނަމަވެސް ތަކެތީގެ ޚަރަދު ބޮޑުވުމާއި ތަކެތި ލިބުން ދަތިވުމުގެ ސަބަބުން މިމިންވަރު މިދިޔަ ނޮވެމްބަރު މަހު ވަނީ ދަށްކޮށްފައެވެ.