ދުނިޔޭގެ ވިޔަފާރި

މިއަހަރު އޭޝިއާގެ ޑީސަލް ސަޕްލައި އިތުރުވާނެ


އޭޝިއާގެ ޑީސަލް ސަޕްލައި މިއަހަރު އިތުރުވާނެ ކަމަށް މާކެޓް ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.

ސަޕްލައި އިތުރުވުމުގެ ސަބަބުން ޔޫރަޕްގެ ޑިމާންޑް ހޯދުމަށް އޭޝިއާގެ ރިފައިނަރުންނަށް ފަސޭހަ ވެގެންދާނެއެވެ. ރަޝިއާ ޔުކްރެއިން ހަނގުރާމައާއި ހެދި ރަޝިއާއަށް ހުޅަނގުން އަޅާ ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުން ރަޝިއާގެ ތެޔޮ ހުޅަނގުގެ ގައުމުތަކަށް އެތެރެ ކުރުން އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުން ފެށިގެން މަނާ ވާނެއެވެ.

މީގެއިތުރުން ތެލުގެ ސަޕްލައި އިތުރުވުމުގެ ސަބަބުން އިންޑިއާ އާއި ދެކުނު އިރުމަތީ އޭޝިއާގައި ތެލުގެ ޑިމާންޑް އިތުރުވާނެ ކަމަށް ލަފާކުރެވޭ މިންވަރަށް ތެލުގެ ސަޕްލައި ފުދޭނެ ކަމަށްވެސް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

އޭޝިއާގައި ޑިމާންޑަށް ވުރެ ސަޕްލައި ކުރިއަރާނެ ކަމަށް ލަފާކުރެވޭތީ، ފުރަތަމަ ކުއާޓަރު ނިމުމުން ޑީސަލް މާޖިން އާއި ކޭޝް ޕްރީމިއަމް ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

ސަޕްލައި އިތުރުވުމުގެ ސަބަބުން ބީލަން މެދުވެރިކޮށް ވިއްކާ ތެލަށް 50 ސެންޓާއި 4 ޑޮލަރާއި ދެމެދުގެ ޑިސްކައުންޓުވެސް ލިބޭނެއެވެ.

އޭޝިއާގެ މި އަހަރުގެ ޑީސަލް ސަޕްލައި އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ގާތްގަނޑަކަށް %3 އަށް އިތުރުވެދާނެ ކަމަށާއި، ޑިމާންޑް ގްރޯތް ގާތްގަނޑަކަށް 1% ފަހަތަށް ޖެހިދާނެ ކަމަށް ކޮންސަލްޓެންސީ ކުންފުނި ވުޑް މެކެންޒީ އިން ބުނެއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އޭޝިއާގެ ރިފައިނަރީތަކުގައި އުފައްދާ ތެލުގެ މިންވަރު %2.8 އަށް އިތުރުވެ ދުވާލަކު 31.1 މިލިއަން ފީފާ،ބީޕީޑީ އަށް އަރާނެ ކަމަށް ރިސާޗް އެންޑް ކޮންސަލްޓެންސީ ކުންފުންޏެއް ކަމަށްވާ، ވުޑް މެކެންޒީ ބުނެއެވެ. މުޅި އަހަރަށް ބަލާއިރު މިދިޔަ އަހަރަށްވުރެ %4.7 އަށް މަތިވެދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ތެލުގެ ސަޕްލައި މައިގަނޑު ގޮތެއްގައި އަންނާނީ ޖަޕާން އަދި ކޮރެއާ އިން، ކަމަށް ވުޑް މެކެންޒީގެ ސީނިއާ އެނަލިސްޓް ޑަފްނީ ހޯ ވިދާޅުވިއެވެ.

ޖަޕާނުގެ ރިފައިނަރުތަކުގެ އޮޕަރޭޓިން ރޭޓް މިދިޔަ ހަފްތާގައި މައްޗަށް ގޮސްފައިވާ ކަމަށް ރަސްމީ ތަފާސް ހިސާބުތަކުން ދައްކާއިރު، ޓައިވާންގެ ރިފައިނަރު ފޯމޯސާ ޕެޓްރޯކެމިކަލް ކޯޕަރޭޝަނުން ވެސް ވަނީ ޖެނުއަރީ-ފެބްރުއަރީ މަހުގެ އެވްރެޖް ކްރޫޑް ރަން 480،000 ބީޕީޑީ އަށް މަތިކޮށްފައި ކަމަށް އެކުންފުނީގެ ތަރުޖަމާނު ކޭ.ވައި ވިދާޅުވިއެވެ.

"ޗެއިންގައި ހިމެނޭ ބޮޑެތި ތެލުގެ އުފެއްދުންތައް މިހާރު ފައިދާ ކުރާތީ ކޮންމެ ރިފައިނަރަކު ވެސް 2023 ވަނަ އަހަރުގެ މެދުތެރެއާ ހަމައަށް ވީހާވެސް ގިނައިން ތެޔޮ އުފައްދާނެ" ލިން ވިދާޅުވިއެވެ.

ޖެނުއަރީ އަދި ފެބްރުއަރީ މަހު ސައުދީ އަރަބިއްޔާގެ ދެ ރިފައިނަރީ މެއިންޓެނަންސް އަށް ބަންދުކޮށްފައިވާތީ ގަންނަ ފަރާތްތަކަށް ވެސް ތެޔޮ ހޯދުމަށް އޭޝިއާ ހިޔާރު ކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.