ޖަރުމަން ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި ކޯން ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗް ނިމުނީ އެއްލަނޑު އެއްލަނޑުން ދެ ޓީމް އެއްވަރުވެގެންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާންއެވެ. ނަމަވެސް މިމެޗްގެ ފެށުން ރަނގަޅުވީ ކޯންގެއެވެ. އެގޮތުން މިމެޗްގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީވެސް ކޯން އިންނެވެ. މެޗްގެ ހަތަރު ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކަމިޔާބުކޮށްދިނީ އެލްޔޭސް ސިހީރީއެވެ.
ނަމަވެސް މި ލަނޑާއެކު ބަޔާނުން މިމެޗްގެ ކޮންޓްރޯލް ނަގާ ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ. ނަމަވެސް މެޗްގެ އެންމެ ފަހު މިނެޓާއި ހަމައަށް ކޯންއިން ވަނީ ވަރަށް ރަނގަޅަށް މިމެޗްގައި ޑިފެންސްކޮށް ބަޔާންއަށް ލަނޑެއް ޖެހުނަނުދީ ހިފަހައްޓާފައެވެ. މިމެޗްގައި ބަޔާންއިން މެޗްގެ ނަތީޖާ އެއްވަރުކުރި ލަނޑު މެޗްގެ 90 ވަނަ މިނެޓްގައި ޖަހާދިނީ ޖޯޝުއާ ކިމިޗްއެވެ.
މިކާމިޔާބީއާއެކު ބަޔާން މިހާރު އުޅެނީ 17 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. ދެވަނައިގާ މިހާރު އުޅެނީ 32 ޕޮއިންޓާއެކު އާރްބީ ލައިޕްޒީގެވެ. ލައިޕްޒިގް ވަނީ ރޭ ތާވަލްގެ އެންމެ ފުލުގައި އުޅޭ ޝާލްކާ އާއި ބައްދަލުކުރިމެޗް 6 ލަނޑު އެއްލަނޑުން ކަމިޔާބުކޮށްފައެވެ. އަދި ކޯން އުޅެނީ 21 ޕޮއިންޓާއެކު ތަވަލްގެ 10 ވަނައިގައެވެ.