އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެއެވެ.
ފޮރެސްޓްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގް ޔުނައިޓެޑުން ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. މިމެޗްގެ ފެށުން ރަނގަޅުވީވެސް ޔުނައިޓެޑްގެއެވެ. މިގޮތުން ޔުނައިޓެޑުންވަނީ މެޗްގެ 6 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މެޗްގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ މިވަގުތު އެންމެ ފޯމްގައި ހުރި ޔުނައިޓެޑްގެ ފޯވަޑް މާކަސް ރަޝްފަޑްއެެވެ.
މިމެޗްގައި ޔުނައިޓެޑްގެ ދެވަނަ ލަނޑު ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ޖަހާދިނީ ޔުނައިޓެޑާއި މިފަހަރުގެ ޓްރާސްފަރ ކާމެޓްގައި އަލަށް ގުޅުނު ނެދަލަންދްސްގެ ފޯވަޑް ވޫޓް ވެގްހޯސްޓްއެވެ. އަދި ފަހު ލަނޑު މެޗް މިނެން އެއް މިނެޓަށް ވެފައިވަނިކޮށް ޖަހާދިނީ ބްރޫނޯ ފެނާންޑޭޒްއެެވެ. މިމެޗްގައި ފޮރެސްޓަށް މާއެދެވޭ ރަނގަޅު ކުޅުމެއް ދެއްކޭގޮތެއްނުވިއެވެ. އަދި މެޗްގެ ކުރީކޮޅު ބައިކޮޅަށް ލަނދެއ ވަނުމުން އެޓީމަށް އިތުރު އުނދަގޫ ތަކަ ކުރިމަތިލާންޖެހުނެވެ.
ޔުނައިޓެޑުން އަންނަނީ 2017 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ތައްޓެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.