ޔުއެފާ ނޭޝަންސް ލީގު ފައިނަލްސްގެ ގުރުއަތުލުން ބާއްވައިފިއެވެ.
މިފަހަރުގެ ނޭޝަންސް ލީގުގެ ސެމީފައިނަލާއި ތިންވަނަ ހޮމާމެޗާއި ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 14 އިން 18 އާއި ދެމެދު ނެދަލަންޑްސްގެ ރޮތަރޑަމް ނުވަތަ އެންޝޭޑޭއެވެ.
މިފަހަރުގެ ނޭޝަންސް ލީގުގެ ފައިނަލްސްއިން ޖާގަހޯދީ އިޓަލީވިލާތް، ސްޕެއިން، ނެޑަލަންޑްސް އަދި ކްރޮއޭޝިއާއެވެ. މިގޮތުން ގުރުއަތުލުމުން ސެމީފައިނަލްގައި ވާދަކުރުމަށް ދިމާވެފައިވަނީ ސްޕެއިން އާއި އިޓަލީވިލާތް އަދި ނެދަލަންޑްސް އާއި ކްރޮއޭޝިއާއެވެ.
ސެމިފައިނަލްގެ ދެމެޗް ކުޅުމަށް ހަމަޖެހިފައިވަނީ 14 އަދި 15 ޖޫންގައެވެ. 2021 ވަނަ އަހަރުގެ ސެމިފައިނަލްގައިވެސް ސްޕެއިން އާއި އިޓަލީވިލާތްވަނީ ވާދަކޮށްފައެވެ. އެފަހަރު 2 ލަނޑު އެއްލަނޑުން ކާމިޔާބުކުރީ ސްޕެއިންއެވެ.
ނަމަވެސް ފައިނަލްގައި ސްޕެއިން ވަނީ ފަރަންސޭސިވިލާތް އަތުން ބަލިވެފައެވެ. މިމުބާރާތުގެ ފައިނަލްގައި ނެދަލަންޑްސްވެސް ވަނީ ވާދަކޮށްފައެވެ. މިގޮތުން 2019 ވަނަ އަހަރުގެ މުބާރާތުގައި ނެދަލަންޑްސް ވަނީ ޕޯޗުގަލް އާއި ވާދަކޮށް އެއްލަނޑު ސުންލަނޑުން ބަލިވެފައެވެ.
މިމުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 18 ވަނަ ދުވަހު ރޮޓަރޑަމްގައެވެ.