ދުނިޔޭގެ ވިޔަފާރި

އެމެރިކާއަށް މުދާ އެތެރެކުރި މިންވަރު ރެކޯޑް ޢަދަދަށް މައްޗަށް


މިދިޔަ އަހަރު ނިމުނުއިރު، އެމެރިކާއަށް މުދާ އިމްޕޯޓުކުރި މިންވަރު، ރެކޯޑު ޢަދަދަށް އިތުރުވެފައިވާކަމަށް އެޤައުމުގެ ރަސްމީ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމެރިކާގެ އިމްޕޯޓު 2021 ވަނަ އަހަރު 845.0 ބިލިއަން އެމެރިކާ ޑޮލަރުގައި ހުރިއިރު މިދިޔަ އަހަރުގެ އެ ޢަދަދު ވަނީ 948.1 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. މިއީ ޖީޑީޕީގެ %3.7 ކަމަށްވާއިރު، 2021 ވަނަ އަހަރު ހުރީ ޖީޑީޕީގެ %3.6 އެވެ.

އެޤައުމުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ޑިސެމްބަރު މަހު އިމްޕޯޓްކުރި މިންވަރު %1.3 އަށް އިތުރުވެ، 317.6 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، މުދާ އިމްޕޯޓުކުރި މިންވަރުވެސް %1.8 އިތުރުވެ 258.8 ބިލިއަނަށް ވަނީ އަރާފައެވެ. މުދާ އިމްޕޯޓުކުރި މިންވަރު އިތުރުވެފައިމިވަނީ، ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ބަންދުކޮށްފައި އޮތް ޗައިނާ އަލުން ހުޅުވުމުން އެޤައުމުން އެތެރެކުރި ސެލް ފޯނު ސަޕްލައި އިތުރުވުމުގެ ސަބަބުންނެވެ.

މީގެއިތުރުން އެހެނިހެން ތަކެތި އިމްޕޯޓް ކުރުން ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މޮޓޯ ވެހިކަލްގެ ބައިތަކާއި އިންޖީނުތައް އިމްޕޯޓް ކުރި މިންވަރު ވަނީ 2.9 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައެވެ. ނަމަވެސް ސާފުނުކުރާ ތެޔޮ ހިމެނޭ ގޮތަށް ސިނާއީ ސާމާނާއި ތަކެތީގެ އިމްޕޯޓް ކުރި މިންވަރު ވަނީ 2.7 ބިލިއަން އެމެރިކާ ޑޮލަރަށް ދަށްވެ 59.6 ބިލިއަން އެމެރިކާ ޑޮލަރަށް ވެއްޓިފައެވެ.

ޑިސެމްބަރު މަހު ތެޔޮ ފީފާއެއްގެ އަގު އެވްރެޖްކޮށް 75.24 އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުން ތެލުގެ އަގު އެންމެ ހެޔޮވި ފަހަރެވެ. ތެޔޮ ފީފާއެއްގެ އަގު ނޮވެމްބަރު މަހު ހުރީ 79.86 އެމެރިކާ އެމެރިކާ ޑޮލަރުގައެވެ.

ދަތުރުފަތުރުގެ ސަބަބުން ޚިދުމަތްތައް އިމްޕޯޓް ކުރި މިންވަރު 0.3 ބިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފައެވެ.

އެމެރިކާއިން އެކްސްޕޯޓް ކުރި މިންވަރު ވަނީ %0.9 އަށް ދަށްވެ 250.2 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. މުދަލުގެ ޝިޕްމަންޓްތައް %1.7 އަށް ދަށްވެ 168.1 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، މިއީ ފެބްރިއަރީ މަހުގެ ފަހުން ޝިޕްމަންޓްތައް މިހާ ދަށްވި ފުރަތަމަ ފަހަރެވެ. މައިގަނޑު ސަބަބަކީ ސާފުނުކުރާ ތެލުގެ އަގު އަގު ވެއްޓުމެވެ. ސާފުނުކުރާ ތެލުގެ ޝިޕްމަންޓް ވަނީ 0.8 ބިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފައެވެ. އަދި ތެލުގެ އެހެން އުފެއްދުންތައް އެކްސްޕޯޓް ކުރުން ވެސް ވަނީ ދަށްވެފައެވެ.