ދުނިޔޭގެ ވިޔަފާރި

އެއާރބަސް އިން މަތިންދާބޯޓު ވިއްކި ޢަދަދު ދަށަށް


މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު ޔޫރަޕްގެ މަތިންދާބޯޓު އުފައްދާ ކުންފުނި އެއަރބަސް އިން ވިއްކި މަތިންބޯޓުގެ އަދަދު ތިންބައިކުޅަ އެއްބައިޔަށް ދަށްވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. މިއަހަރުގެ ޖެނުއަރީ މަހު އެ ކުންފުނިން ވިއްކާފައިވަނީ 30 މަތިންދާ ބޯޓެވެ.

އެއަރބަސް އިން މަހުން މަހަށް ނެރޭ ތަފާސް ހިސާބުތަކުގައި ބުނެފައިވާ ގޮތުގައި އެ ކުންފުނިން ވަނީ ޖެނުއަރީ މަހު 37 މަތިންދާބޯޓު ނުވަތަ 1 އޭ320ނިއޯ ކެންސަލް ކުރުމަށް ފަހު ޖުމްލަ 36 މަތިންދާބޯޓު ވިއްކާފައެވެ.

އާ އޯޑަރުތަކުގެ ތެރޭގައި ޑެލްޓާ އެއާލައިންސް އިން ކުރިން އިއުލާނުކޮށްފައިވާ އިތުރު 12 އޭ220-300 ބޯޓު ހިމެނެއެވެ.

ސަލާމަތީ މައްސަލައަކާއި ގުޅިގެން ޢަތަރު އެއާވޭސްއާއި އެކު އޮތް ދެބަސްވުން މިދިޔަ ހަފްތާ ހައްލުކޮށްފައިވާއިރު، އެއާބަސް އިން ކުރިން ކެންސަލް ކޮށްފައިވާ 73 އޯޑަރު އަލުން އަނބުރާ ޤަތަރު އެއަރވޭސްއިން ނަގާނެއެވެ.

އާންމުކޮށް ޖެނުއަރީ މަހަކީ ޑެލިވަރީތައް ނުވައް ވިއްކާ މަތިންތާ ބޯޓުތައް ފޯރުކޮށްދެވޭ މިންވަރު ލަސް މަހެއް ނަމަވެސް، މިފަހަރު އެ ޢަދަދު ދަށްވެފައިވަނީ އިންޖީނުތަކުގެ ބައެއް ޕާޓްތައް ލިބުން ދަތިވުމުގެ ސަބަބުން އެއަރބަސް އިން ޕްލޭންކޮށްފައިވާ މިންވަރަށް އުފެއްދުންތެރިކަން އިތުރުކުރުމުގެ ދުވެލި މަޑުޖެހުމުންނެވެ.

ރޮއިޓާސް އިން މިދިޔަ މަހު ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަހަރު ވިއްކުމަށް އަމާޒު ހިފާފައިވާވަނީ މިދިޔަ އަހަރު ވިއްކި 720 ޔުނިޓަށްވުރެ މަތިނުވާނެހެނެވެ.
މިދިޔަ އަހަރު މަތިންދާބޯޓު ވިއްކަން އަމާޒު ހިފާފައިވާ އަދަދު އެއަރބަސް އިން ދަށްކޮށްފައި ވަނީ ސަޕްލައި ޗެއިން އަށް ބުރޫއަރައި، ސިނާއީ ގޮތުން ކުރިމަތިވި ޕްރެޝަރުތައް ހީކުރި ވަރަށް ވުރެ ބޮޑުވުމުންނެވެ. މިދިޔަ އަހަރު އެ ކުންފުނިން ވަނީ 661 މަތިންދާބޯޓު ވިއްކާފައެވެ. އަހަރީ ހިސާބުތަކާއި މިއަހަރަށް ލަފާކުރާ ހިސާބުތައް އެއަރބަސް އިން އިއުލާނުކުރާނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.