ކުޅިވަރު

ލީޑްސް އަތުން ޔުނައިޓެޑަށް މޮޅެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

ލީޑްސްގެ ދަނޑުގައި ކުުޅުނު މިމެޗް ޔުނައިޓެޑް ކާމިޔާބުކޮށްފައިވަނީ 2 ލަނޑު ސުން ލަނޑުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ޔުނައިޓެޑުން ބޯޅަ ގެންގުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ލީޑްސްއިންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއްނުވެއެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 80 ވަނަ މިނެޓްގައި ޖަހާ ޔުނައިޓެޑަށް ލީޑް ނަގާދިނީ މިދިޔަ ހަފްތާގައިވެސް މިދެޓީމް ކުޅުނު މެޗްގައި ޔުނައިޓެޑްގެ ފުރަތަމަ ލަނޑު ޖަހާދިން މާކަސް ރަޝްފަޑްއެވެ. މިއީ މިސީޒަންގައި އޭނާ ޔުނައިޓެޑަށް ކާމިޔާބުކޮށްދިން 21 ވަނަ ލަނޑެވެ. އަދި ދެވަނަ ލަނޑު މެޗްގެ 85 ވަނަ މިނެޓްގައި ޖަހާދިނީ ބަދަލުކުޅުންތެރިޔާ އަލެހަންޑްރޯ ގަނާޗޯއެވެ.

މިދިޔަ ހަފްގާއި ޔުނައިޓެޑް ކޮޅަށް ދެލަނޑުގެ ލީޑެއް ނެގި ލީޑްސްއަށް މިމެޗްގައި ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ރަނގަޅު ކުޅުމެއް ދައްކާ ލަނޑު ޖަހާނެ ރަނގަޅު ތަކެއް ތަނަވަސްކޮށްފައިވެއެވެ. ނަމަވެސް މިއިން އެއްވެސް ފުރުސަތެއް ލަނޑަކަށް ބަދަލުކޮށްލެވޭ ގޮތެއްނުވިއެވެ.

މިކާމިޔާބީއާއެކު ޔުނައިޓެޑުން ވަނީ ކުޅުނު 23 މެޗުން ލިބުނު 46 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. އަދި ލީޑްސް އުޅެނީ 19 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.