ކުޅިވަރު

ސައުތެމްޓަނުގެ ކޯޗުކަމުން ނޭތަން ޖޯންސް ވަކިކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ސައުތެމްޓަނުގެ ކޯޗުކަމުން ނޭތަން ޖޯންސް ވަކިކޮށްފިއެވެ.

ސައުތެމްޕްޓަންއިން ޖޯންސް މަގާމުން ވަކިކޮށްފައިމިވަނީ އޭނާ މަގާމުގައި ހުންނަތާ 95 ދުވަސް ފަހުންނެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު މަގާމާއި ހަވާލުވި ޖޯންސްގެ ކޯޗްކަމުގެ ދަށުން އެޓީމް ކުޅުނު 14 މެޗްގެ ތެރެއިން ނުވަ މެޗުންވަނީ ބަލިވެފައެވެ. އަދި މިވަގުތު ސައުތެމްޕްޓަން އޮތޯ ތާވަލްގެ އެންމެ ފުލުގައެވެ. މީގެތޭރެގައި ޕްރިމިއަރ ލީގުގައި ކުޅުނު 9 މެޗްގެ ތެރެއިން ބަލިވި އަށް މެޗް ހިމެނެއެވެ.

ޖޯންސް ވެފައިވަނީ މިސީޒަންގައި މަގާމް ގެއްލުނު ޕްރިމިއަރ ލީގުގެ އަށްވަނަ ކޯޗަށެވެ. އަދި މިއަންނަ ހޮނިހިރު ދުވަހު ޗެލްސީ އާއި ދެކޮޅަށް ކުޅޭ މެޗްގައި އެޓީމްގެ ބެންޗްގައި އިންނާނީ އެޓީމްގެ ލީޑް ކޯޗް ރުބެން ސެލެސްއެެވެ. އެންމެފަހުން ކުޅުނު މެޗްގައި ވުލްވްސް އާއި ބައްދަލުކޮށް ބަލިވި މެޗަށްފަހު ޖޯންސް ވަނީ ވަގުތުން ޑްރެސިންގ ރޫމަށް ގޮސްފައެވެ. އަދި އޭގެފަހުންވަނީ މިއީ ފަހަރުގައި އޭނާގެ ފަހު މެޗަށްވެސް ވެދާނެކަމަށެވެ.

ޖޯންސް ވެފައިވަނީ ސައުތެމްޕްޓަންގައި ކޯޗް ކަން އެންމެ ކުރުމުއްދަތަކަށް ކުރި ފަރާތަށެވެ.