އައިސީސީ ވިމެންސް ޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ ގްރޫޕް ދޭއްގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗު އިންޑިއާއިން ކާމިޔާބުކޮށްފިއެވެ.
މިމެޗްގައި ޓޮސް ދިމާވެގެން ޕާކިސްތާނުން ގަސްދުކުރީ އެންމެ ފުރަތަަމަ ބެޓް ކުރާށެވެ.
މިގޮތުން ޕާކިސްތާނުން ކުޅެއް އަރާ 20 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 149 ލަނދެވެ. އެޓީމަށް އެންމެ ރަނގަަޅަށް ކުޅެފައިވަނީ ނުބައިނުވެ 68 ލަނޑު ހަދާދިން ކެޕްޓަން ބިސްމާ ރައޫފްއެވެ. އަދި އަޔެޝާ ނަސީމްވަނީ ނުބައިނުވެ 43 ލަނޑު ހަދާދީފައެވެ. މިއީނިންގްސްގައި އިންޑިއާއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 21 ލަނޑަށް 2 ވިކެތް ނަގާދިން ރާދާ ޔާދަވްއެވެ.
ޖަވާބުގައި އިންޑިއާއިން ކުޅެން އަރާ 19 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެންވަނީ 151 ލަނޑު ހަދާ މެޗް ކާމިޔާބުކޮށްފައެވެ. މިމެޗްގައި އިންޑިއާއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުބައިނުވެ 53 ލަނޑު ހަދާދިން ޖެމީމާ ރޮޑްރިގޭޒްއެވެ. މީގެއިތުރުން ޝެފާލީ ވަރްމާ 33 ލަނޑު ހަދާދީފައިވާއިރު ރިޗާ ގޯޝްވަނީ ނުބައިނުވެ 31 ލަނޑު ހަދާދީފައެވެ. މިއީނިންގްސްގައި ޕާކިސްތާން ޓީމަށް އެންމެ ރަނގަޅަށް އުޚާފައިވަނީ ހަތަރ ުއޯވަރު 15 ލަނޑަށް ދެވިކެތް ނަގާދިން ނަޝްރާ ސުންދޫއެވެ.